އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
ހަބަރު
28 Mar 2023 | 22:18
ކާބަންޑައިއޮކްސައިޑް ލިބުން ދަތިވެ އައިޖީއެމްއެޗްގެ ސާރޖަރީތައް މެދުކެނޑިއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އަށް ދިމާވެފައިވާ ކާބަންޑައިއޮކްސައިޑްގެ ދަތިކަމުގެ ސަބަބުން އެހޮސްޕިޓަލުން ކުރާ ބައެއް ސާރޖަރީތައް މެދު ކަނޑާލައިފިއެވެ. 

އައިޖީއެމްއެޗް އަށް ބޭނުންވާ ކާބަންޑައިއޮކްސައިޑް ލިބުން ދަތިވެފައި މިވަނީ އެހޮސްޕިޓަަލަށް ކާބަންޑައިއޮކްސައިޑް ފޯރުކޮށްދޭ އެސްޓީއޯ އިން ގޭސް ލިބުން ދަތިވެފައިވާތީ ކަމަށް މީޑީއާ އަށް އައިޖީއެމްއެޗް އިން މައުލޫމާތު ދީފައިވެއެވެ.

ގޭސް ލިބުން ދަތިވެ، އެހޮސްޕިޓަލުން ކުރަންޖެހޭ ބައެއް ސާޖަރީތައް  ކުރުންވެސް ވަނީ މަޑުޖައްސާލައިފައެވެ.

އެގޮތުން ރޫޓިން ލެޕަރޮސްކޮޕް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތައް ވަނީ މަޑުޖައްސައިލައިފައެވެ. މި ވަގުތަށް ހުރި ކާބަންޑައި އޮކްސައިޑް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ހަދާ ލެޕަރޮސްކޮޕިކް ސާޖަރީތަކަށް ކަމަށް މީޑިއާތަކުން ބުނުފައިވެއެވެ. ނަމަވެސް، އެހެން ސާޖަރީތައް ކުރިއަށް ގެންދާ ކަމަށް ވެ އެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އެ ހޮސްޕިޓަލަށް ގޭސް ސަޕްލައިކޮށްދެނީ އެސްޓީއޯ އިން ކަމަށާއި ގޭސް ނުލިބިވަނީ އެކޮޅުން ޑެލިވާކުރުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ.

މިކަމާއި ގުޅިގެން އެސްޓީއޯ އިން ބުނެފައިވަނީ އައިޖީއެމްއެޗް އަށް ދިމާވެފައިވާ ކާބްނަޑައިއޮކްސައިޑްގެ ދަތިކަމަށް މިއަދު ހައްލެއް ހޯދައި ދޭނެކަމަށެވެ. 

އެގޮތިން މިވަގުތަށް ކޮންމެހެން ބޭނުންވާ ދެ ސިލިންޑަރު ގޭސް މިއަދު އައިޖީއެމްއެޗް އަށް އެސްޓީއޯ އިން ފޯރުކޮށްދޭނެ ކަމަށާއި، ތިން ދުވަސް ތެރޭ އެއާފްރެއިޓްކޮށް އިތުރު 12 ސިލިންޑަރު ސަޕްލައިކޮށްދޭނެ ކަމަށް އެސްޓީއޯ ގެ ފަރާތުން ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވެއެވެ.

އެސްޓީއޯ މެދުވެރިކޮށް ލިބެންޖެހޭ މިފަދަ މުހިންމު ގޭހެއް ނުލިބި، އޮޕަރޭޝަންތައް މެދު ކެނޑިގެން މިދިޔައީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ހުސެއިން އަމްރު، މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. އެ ކުންފުނި މިވަގުތު ހިންގަމުންދަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން މިއަދު ވަނީ ފޮނުވައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.