ވެމްކޯގެ މުވައްޒަފެއް މަސައްކަތުގައި/ ފޮޓޯ: ޕީއެސްއެމް
ހަބަރު
29 Mar 2023 | 05:45
އަންނަމަހުން ފެށިގެން ވެމްކޯ ބިލާއި ސްޓެލްކޯ ބިލު އެއްކޮށްލަނީ، ކުންޏަށް ދުވާލަކަށް 4.93 ރުފިޔާ!

އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަންގެ ޚިދުމަތުގެ ބިލާއި ސްޓެލްކޯގެ ކަރަންޓު ބިލުތައް އެއްކޮލާ،  އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ދުވާލަކަށް 4.93 ރުފިޔާގެ ރޭޓުން ނަގާގޮތަށް ވެމްކޯއިން ކަނޑައަޅައިފި އެވެ. 

ވެމްކޯއިން ގެތަކުން ކުނި ނަގައިދޭ ބިލް ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނަން އެކުންފުނިން ނިންމާފައިވާއިރު އެ ހިދުމަތުގެ ފީ ދެން ނަގާނީ ކަރަންޓު ބިލުގައި ހިމަނައިގެންނެވެ.

އެކަމުގެ ތަފްސީލުތައް ހާމަކުރުމަށް ވެމްކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވެމްކޯގެ ބިލު ސްޓެލްކޯގެ ބިލުގައި ހިމަނާނެ ކަމަށެވެ. 

އެއާއެކު ހައުސްހޯލްޑު ކުނި އުކާލުމުގެ ޚިދުމަތަށް ދުވާލަކު 4.93 ރުފިޔާގެ ރޭޓުން ސްޓެލްކޯގެ ބިލުގެ މުއްދަތަށް ބިލުގައި ހިމަނާނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ވެމްކޯއިން ބުނީ ގޭބިސީތަކުން ބޭނުންނުކުރާ ކަރަންޓު މީޓަރުތަކުގައި ކުނި އުކާލުމުގެ ޚިދުމަތުގެ ފީ ނުހިމެނޭނެކަމަށެވެ. 

އަދި ހަމައެހެންމެ ގޭބީސީތަކުގެ މެއިންޓަނެންސް، ސާވިސް، ބޫސްޓާޕަމްޕު އަދި ޓެލެކޮމްފަދަ މީޓަރުތައް ބިލުން އުނިކުރުމަށް ވޭސްޓު މެނޭޖުމަންޓް ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ "ޔޫޓިލިޓީ މީޓާ އެކްސްކްލޫޝަން ފޯމު" ހުށައެޅުއްވުމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.