"އެހީ އިފްޠާރު ސުފުރާ" ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި
ހަބަރު
29 Mar 2023 | 06:51
"އެހީ" އިފްޠާރް ސުފުރާއަށް ތަކެތި ހަދިޔާކުރުމުގެ ފުރުސަތު

"އެހީ" ޖަމިއްޔާގެ ފަރާތުން ރަމަޟާން މަހާއި ގުޅިގެން ކުރިއަށްގެންދާ "އެހީ އިފްޠާރް" ސުފުރާއަށް ކާބޯތަކެތި ހަދިޔާކުރުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެހީ ޖަމިއްޔާއިން ކުރިއަށް ގެންދާ އިފްޠާރު ޕްރޮގްރާމް މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދިއުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތްކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު މިސްކިތްތަކުގަ އިފްތާރު ޕެކޭޖް  ބެހުމުގެ އިތުރުން ބޮޑު 3 މިސްކިތެއްގަ ގިނަ އަދަދެއްގެ މީހުންނަށް ބައިވެރި ވެވޭ ގޮތަށް ސުފުރާ އެޅުންވެސް ވެސް އެހީ ޖަމިއްޔާގެ އިފްޠާރް ޕްރޮގްރާމްގެ ދަށުން ކުރިއަށް ދެއެވެ. ހުޅުމާލެ ފޭސް ދޭއްގެ ވަގުތީ މިސްކިތް (އުސްމާން ބިން އައްފާން)ގެ ސުފުރާއަށް ދުވާލަކު 90 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

 މިކަމައި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ، 7803433 ނަމްބަރުން އެމައުލޫމާތު ލިބޭނެ ކަމަށާއި ތަކެތި ހަދިޔާ ކުރަން ބޭނުންވާ ނަމަ ހަމަ އެނަމްބަރަށް ގުޅައިގެން އެކަން ހަމަޖެހޭނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ. ތަކެތި ހަދިޔާ ކުރުމުގެ އިތުރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެޖަމިއްޔާއިން ވަނީ ފުރުޞަތު ފަހި ކޮށްދީފައެވެ. އެގޮތުން ފައިސާއިން އެހީވާން ބޭނުންވާނަމަ އެޖަމިއްޔާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށް ވަނީ ހުޅުވާލައިފައެވެ. 

އެކައުންޓް: 7770000014820

ނަން: EHEE JAMIYYA    

ބޭންކް: BML ISLAMIC

ރޯދަ ވެރިޔަކަށް ރޯދަ ވިއްލާނެ ފަދަ ޞަދަޤާތް ކުރުން ނުވަތަ ރޯދަ ވީއްލުން ދިނުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ހުރި ކަމަކެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވަނީ (مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ) "رواه الترمذي، 807 وقال هذا حديث حسن صحيح" މާނައީ: " ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ ސަވާބާއި ދަރުމަ އެ ރޯދަވީއްލުން ދިން މީހާއަށް ވެސް ލިބޭ ހުއްޓެވެ. އެއީ އަނެކާގެ އަޖުރުން އެއްވެސް ބައެއް އުނިވުމެއް ނެތިއެވެ."

ފަސޭހަ ކަމާއިއެކު އަޖުރު ހޯދައިގަތުމަށް، ރޯދަ ވެރިންނަށް ރޯދަ ވީއްލުން ހަދިޔާ ކުރުމަށް އެހީ ޖަމިއްޔާއިން ހުޅުވާލައިފައި މިއޮތް ފުރުޞަތަކީ ރަމަޟާން މަހު އޭގެ ބޭނުން ހިފުމަށް ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.