އަލީ ހާފިޒް މި މެޗުގައި ހަލަފް އެފްސީ މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން
ކުޅިވަރު
29 Mar 2023 | 05:06
ވާދަވެރި ކުޅުމަކަށްފަހު ހަލަފް އެފްސީ އިން ދަ ސްކޯޕިއަން ބަލިކޮށްފި!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅެވުނު ދެވަނަ މެޗުގައި ދަ ސްކޯޕިއަން 7-4 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕް ބީގެ އެއްވަނަ މަގާމު ހަލަފް އެފްސީ އިން ހޯދައިފި އެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފު ނިމުނުއިރު 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ހަލަފް އެފްސީ އެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ގިނަ ލަނޑުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.  ދެވަނަ ހާފުގައި ހަލަފް އެފްސީ އިން ފަސް ލަނޑު ކާމިޔާބު ކުރި އިރު، ދަ ސްކޯޕިއަން އިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ހަލަފް އެފްސީގެ އަލީ ހާފިޒް، އަލީ ފާތިހް އަދި ނާޖިހް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް މުހައިމިން އަސްލަމެވެ.

ދަ ސްކޯޕިއަންގެ މުހައްމަދު އިޔާދު އަލީ މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަފްރާޒްއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހަލަފް އެފްސީގެ އަލީ ހާފިޒް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ ހަލަފް އެފްސީ އެވެ. މި މެޗުން ބަލިވި ދަ ސްކޯޕިއަންއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ގްރޫޕް ބީގެ ދެވަނައިގައެވެ.

މިރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު 21:30 ގައި ކުޅޭ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޕްރޯ ފުޓްސަލް ކުލަބާއި އެފްސީ ބްރަދާސް އެވެ. އަދި 22:30 ގައި ކުޅޭ ދެވަަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ލަނޑާއި ޔޯ ބުރު އެފްސީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.