ސްކޮޓް މެކް ޓޮމިނޭ މިރޭގެ މެޗުގައި ސްކޮޓްލޭންޑްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިން
ކުޅިވަރު
29 Mar 2023 | 05:56
1984 ގެ ފަހުން ފުރަތަަމަ ފަހަރަށް ސްކޮޓްލޭންޑް އިން ސްޕެއިންގެ މައްޗަށް ކުރި ހޯދައިފި!

ޔޫރޯ ކޮލިފައިން ގްރޫޕް އޭގައި އަމިއްލަ ދަނޑުގައި ވަރުގަދަ ސްޕެއިން 2-0 ގެ ނަތީޖާއަކުން ބަލިކޮށް ސްކޮޓްލޭންޑް އިން ގުރޫޕްގެ ދެވަނައިގައި ހަމަޖެހިލައިފި އެވެ.

މިރޭގެ މެޗަކީ 1984 ވަނަ އަހަރުގެ ފަހުން ސްކޮޓްލޭންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.

މިރޭގެ މެޗުގައި ސްކޮޓްލޭންޑް އިން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިން މެންޗެސްޓަރ ޔުނައިޓެޑް މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭ އެވެ. އެޓީމު ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 7 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކޮށްދިނީ އެންޑްރޫ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ދެވަަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ސްޕެއިންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ސްކޮޓްލޭންޑްގެ ދެވަނަ ލަނޑު މެކް ޓޮމިނޭ ކާމިޔާބުކޮށްދިން އިރު ޔޫރޯ ކޮލިފައިންގައި މި ހަފްތާގައި ސައިފްރަސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައި ސްކޮޓްލޭންޑް އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. މި މެޗުން ބަލިވި ސްޕެއިންއަށް ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު އޮތީ ގްރޫޕްގެ ދެވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.