އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން
ހަބަރު
29 Mar 2023 | 13:23
މޫނުބުރުގާ އެޅުމުގެ ޙައްޤުން މަޙްރޫމު ނުކުރަން ދީނީ ޢިލްމުވެރިން ގޮވާލައިފި

ސްކޫލުތަކުގައި މޫނުބުރުގާ އަޅަން އެދޭ އަންހެން ދަރިވަރުން އެ ޙައްޤުން މަޙްރޫމު ނުކުރުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އެންމެ ބޮޑު އިއްތިޙާދުން ގޮވާލައިފިއެވެ.

ދީނީ ޢިލްމުވެރިން މިފަދައިން ގޮވާލާފައިވަނީ ޢަރައްބިއްޔާ ސްކޫލުގައި މޫނުބުރުގާ އަޅައިގެން ތަޢުލީމު ޙާޞިލު ކުރަމުންދާ އަންހެން ދަރިވަރުންގެ މޫނުބުރުގާ ނަގަން އެ ސްކޫލުގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ މައްސަލައާ ގުޅިގެނެވެ.

140 އަށް ވުރެ ގިނަ ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންގެ ގުޅުމުން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ޢަރަބިއްޔާ ސްކޫލުގެ މެނޭޖުމަންޓުގެ އެނިންމުމާ މެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ.

އަދި މޫނުބުރުގާ އަކީ އިސްލާމް ދީނުގައި ޝަރުޢުވެގެންވާ ކަމެއް ކަމާމެދުގައި ޞަޙާބީންގެ ޒަމާނުން ފެށިގެން އޭގެ ފަހުން ވަޑައިގެންނެވި ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވާ ކަމުގައެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނުގައި މަރުޖިޢު ދީފަފައިވާ ހަތަރު މަޒުހަބުގައި ވެސް އެއީ އިއްތިފާގުވެފައިވާ ކަމެއް ކަމުގައެވެ.

ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މޫނުބުރުގާ އެޅުމުގައި ޢިލްމުވެރިންގެ މެދުގައި ހަމައެކަނި އޮތް އިޚްތިލާފެއް އޮތީ އެއީ ވާޖިބެއް ތޯ ނުވަތަ ނޫންތޯއާ މެދުގައެވެ. އަދި ފިތުނަވެރިކަމާއި ފާޙިޝްކަންކަން ފެތުރިފައިވާ މުޖުތަމައުއެއްގައި އުޅޭ ނަމަ އަންހެނާގެ މޫނު ނިވާކުރަން ޖެހޭކަމަށް ސުންނަތް ޖަމާއަތުގެ ހަތަރު މަޒްހަބުގެ ޢިލްމުވެރިން ވެސް ދެކިލަށްވާ ކަމުގައިވެސް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން، ޢިލްމުވެރިންގެ ގުޅުމުން ވިދާޅުވެފައިވަނީ، މޫނުބުރުގާ އެޅުން ވާޖިބެއް ކަމުގައި ދެކިގެން އެއަޅާ މީހުންގެ ނިންމުމަށް ކޮންމެ މުސްލިމަކު ވެސް އިޙްތިރާމު ކުރުން ލާޒިމްވެގެންވާ ކަމުގައެވެ. އަދި މޫނުބުރުގާއަކީ އިޚްތިލާފީ މައްސަލައެއް ކަމުގައި ބުނެ މޫނު އަޅާ މީހުންގެ މޫނުބުރުގާ ނެގުމަށް މަޖުބޫރު ކޮށްގެން އެޙައްޤު ނިގުޅައިގަނެގެން ނުވާނެ ކަމުގައެވެ.

ހަމައެއާއެކު ރާއްޖޭގެ ހުރިހާ މުއައްސަސާއެއްގައި ވެސް މޫނުބުރުގާ އަޅަން ބޭނުން މީހުންނަށް އެކަމުގެ އިޙްތިޔާރު އެތަނެއްގެ ޔުނީފޯމުކޯޑުގައި ލިބިދޭންވާނެ ކަމަށް ވެސް ޢިލްމުވެރިންގެ ގުޅުމުން ގޮވާލާފައިވެއެވެ.

ބަޔާން ނިންމާލަމުން ޢިލްމުވެރިންގެ ފަރާތުން ސަރުކާރަށް އިލްތިމާސް ކުރައްވާފައިވަނީ، ސްކޫލުތަކުގެ ޔުނީފޯމްކޯޑު ކަނޑައަޅާއިރު ނިވާކަން ކުޑަ ހެދުން ލުމަށާއި، ދެ ޖިންސުގެ ދަރުވަރުން ވަކި ނުވާ މިންވަރަށް ދެ ޖިންސުގެ ޔުނީފޯމުތައް އެއްގޮތް ވިޔަ ނުދިނުމަށް ކޮށްފައިވާ އިލްތިމާސަކުންނެވެ.

މޫނުބުރުގާގެ މައްސަލަ އަނެއްކާވެސް ސަމާލުކަމަށް އައިސްފައިމިވަނީ ޢަރަބިއްޔާ ސްކޫލްގައި ކިޔަވަމުން އަންނަ ބައެއް އަންހެން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މޫނު ބުރުގާ އަޅައިގެން ހާޒިރުވުން މަނާކޮށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުނުވުމަށާއި، މޫނުބުރުގާ އަޅައިފައި ތިބޭ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން ސްކޫލްގެ އޮފީހަށް ހާޒިރުކުރާ ކަމަށް ބުނާ މައްސަލައަކާއި ގުޅިގެނެވެ.

ބައެއް ބެލެނިވެރިން ފަރާތުން ޚަބަރު ލިބިފައިވާ ގޮތުގައި އެސްކޫލުގައި މޫނުއަޅާ ކުދިންނަށް އަންނަނީ ނަފްސާނީ ގޮތުން ބިރު ދައްކަމުންނެވެ. އެގޮތުން މޫނު އަޅާ ދަރިވަރުން ކުލާހުން ނެރެގެން ގެންގޮސް އެކުދިންނަށް ބިރު ދައްކާ ކަމަށާއި މޫނު ނަގައިގެން ނޫނީ ސްކޫލަށް އައިސްގެން ނުވާނެ ކަމަށް ބުނާކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.