ނަސްރުﷲ މުހައްމަދު މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
29 Mar 2023 | 22:50
ޕްރޯ ފުޓްސަލް ކުލަބު ބަލިކޮށް އެފްސީ ބްރަދާސް އިން ސެމީގެ އުންމީދު ދަމަހައްޓައިފި!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ޕްރޯ ފުޓްސަލް ކުލަބާއި އެފްސީ ބްރަދާސް ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެފްސީ ބްރަދާސްއިން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޕްރޯ ފުޓްސަލް ކުލަބުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެފްސީ ބްރަދާސް އިން ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި އެފްސީ ބްރަދާސް އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު ޕްރޯ ފުޓްސަލް ކުލަބަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.

މި މެޗުގައި އެފްސީ ބްރަދާސްގެ ނަސްރުﷲ މުހައްމަދު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަހުމަދު ޝަރީފް، ހުސައިން ޝަޚާއުގެ އިތުރުން އަހުމަދު އަބޫބަކުރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރޯ ފުޓްސަލް ކުލަބުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްދިނީ ޙަސަން ރިޒާން އަދި މުހައްމަދު ނާއިމްއެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ބްރަދާސްއަށް މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން ނަސްރުﷲ މުހައްމަދު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެފްސީ ބްރަދާސްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕްގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކު ހަލަފް އެފްސީ އެވެ. ދެވަނައިގައި އޮތް ދަ ސްކޯޕިއަންއަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 31 ވަނަ ދުވަހުގެރޭ އެޓީމު ނުކުންނާނީ ޕްރޯ ފުޓްސަލް ކުލަބާއި ދެކޮޅަށެވެ.

މި ގްރޫޕްގެ ކޮންމެ ޓީމެއް މިހާތަނަށް ދެމެޗު ކުޅެފައިވާއިރު ޕޮއިންޓެއް ނުލިބި ގުރޫޕް ފުލުގައި އޮތީ ޕްރޯ ފުޓްސަލް ކުލަބެވެ. 

މި މުބާރާތުގައި މާދަމާރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 21:30 ގައި ފަށާ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ސްޓްރީޓް ބްރަދާސް އާއި ޔޯ ބުރު އެފްސީ އެވެ. އަދި މާދަމާރޭ 22:30 ގައި ކުޅެވޭ ދެވަަނަ މެޗުގައި ގްރޫޕް ބީގެ އެފްސީ ބްރަދާސް ނުކުންނާނީ އެގްރޫޕްގެ އެއްވަނައިގައި އޮތް ހަލަފް އެފްސީއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.