މިރޭގެ މެޗުގެ މޮޅުކުޅުންތެރިޔާ އަލީ ޝާފިއު
ކުޅިވަރު
30 Mar 2023 | 00:11
ދެމެޗުން ބަލިވެ ޔޯ ބުރު އެފްސީ މުބާރާތުން ކެޓިއިރު، ސްޓްރީޓް ބްރަދާސްއަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެ!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ދެވަނަ މެޗުގައި ގްރޫޕް އޭގެ ޔޯ ބުރު އެފްސީ އާއި ލަނޑާ ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަނޑާއިން މުބާރާތުގެ ފުރަތަަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ލަނޑާއިން ތިން ލަނޑުގެ ލީޑެއް ނެގިއިރު ފުރަތަމަ ހާފުގައި ޔޯ ބުރު އެފްސީއަށް އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑާގެ އެޓޭކްތައް ހުއްޓުވުމުގައި ރަގަޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ. 

މެޗުގެ ދެވަނަ ހާފުގައި ލަނޑާއިން އިތުރު ލަނޑެއް ކާމިޔާބުކުރި އިރު، މި މެޗުގައި އެޓީމުގެ އަލީ ޝާފިއު ވަނީ ދެލަނޑު ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖަނާހު އަބްދުއްރަހުމާން އާއި މުހައްމަދު ވަޖީހު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ލަނޑާ ޓީމަށް މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން އަލީ ޝާފިއު އެވެ.

މިރޭގެ މެޗުގެ ނަތީޖާއާއެކު މިގުރޫޕްގެ އެއްވަނައިގައި އޮތް ސްޓްރީޓް ބްރަދާސްއަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. އަދި ގުރޫޕް އޭގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ދެ މެޗުން ވެސް ބަލިވެ ބާކީ އެއް މެޗު އޮއްވައި ޔޯ ބުރު އެފްސީ ވަނީ މުބާރާތުން ކަޓާފައެވެ.

އެފްސީ ހެސަ ވާދަ އާއި ލަނޑާއަށް ވެސް ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފައިވާއިރު މި ގުރޫޕުން ސެމީގެ ފަހުޖާގަ ލިބިގެންދާނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފަހު މެޗުގައި މި މަހުގެ 31 ވަނަ ދުވަހުގެ ރޭ މިދެޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރު ވެއްޖެ ނަމަ ލަނޑުގެ ތަފާތުން ކުރި ލިބެނީ އެފްސީ ހެސަ ވާދައަށެވެ.

މި މުބާރާތުގައި މާދަމާރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން 21:30 ގައި ފަށާ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ސްޓްރީޓް ބްރަދާސް އާއި ޔޯ ބުރު އެފްސީ އެވެ. އަދި މާދަމާރޭ 22:30 ގައި ކުޅެވޭ ދެވަަނަ މެޗުގައި ގްރޫޕް ބީގެ އެފްސީ ބްރަދާސް ނުކުންނާނީ އެގްރޫޕްގެ އެއްވަނައިގައި އޮތް ހަލަފް އެފްސީއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.