ރ ފުއްގިރި މައްސަލައިގެ ގާޒީ ނަޒީމު އަދި ޕީޖީ ޝަމީމު/ ފޮޓޯ: އަވަސް
ހަބަރު
30 Mar 2023 | 18:58
ރައީސް ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ނެގުން ދައުލަތުން ދިފާއުކޮށްފި!

މޯލްޑިންސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާލަމާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގުމުގައި ޝާމިލުވިކަމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ދައުލަތުން ބުނެފި އެވެ. 

ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު އެ ކޯޓުގައި ބާއްވާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކބަސް ނެގުން ދިފާއުކުރައްވާފަ އެވެ. 

އެކަން ދިފާއުކޮށް ދައުލަތުން ބުނީ ވަކި ހެއްކެއް (އަދީބުގެ ހެކިބަސް) ބަލައިނުގަތުމަށް ޔާމިނުގެ ފަރާތުން ހުށައަޅާފައި ވީނަމަވެސް އެއީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާނުކުރެވޭނެ ނުކުތާއެއް ނޫން ކަމަށް ނިންމައި ދިނުމަށް އެދޭކަމަށެވެ. އޭގެއިތުރުން ދައުލަތުން ބުނީ ޝަރީއަތުގެ ކުރިން ހުށައަޅާ ކަންކަން ބަލައިގަތުމާއި ނުގަތުމަކީ އެއީ ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށެވެ. 

ދައުލަތުން ބުނީ ސުޕްރިމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ފަނޑިޔާރުންގެ ތަގުދީރީ އިހްތިޔާރުގެ ދަށުން ނިންމާ ނިންމުންތަކަށް އިސްތިއުނާފު ކޯޓަށް ވަދެވޭނީ މަދު އިސްތިސްނާއީ ހާލަތެއްގައި ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. 

އެއިސްތިސްނާ ހާލަތަކީ އެނިންމުމެއްގެ ސަބަބުން އަދުލްއިންސާފު ގެއްލުނު ގޮތެއް ސާބިތުކޮށްދިނުން ކަމަށާއި، ރައީސް ޔާމިނާއި ދެކޮޅަށް އަދިބާއި ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމުމަކީ އަދުލު އިންސާފަށް ހުރަސްއެޅޭނެ ކަމެއްގެ ގޮތުގައި ދައުލަތުން ނުދެކޭކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމިނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާނީ އަދީބަކީ ރައީސް ޔާމިނާއި އަދާވާތްތެރި ބޭފުޅަކަށް ވާތީއެވެ. އަދީބުގެ މައްސަލަ އެންމެ ފުރަތަމަ ބަލަން ފަށާފައިވަނީ ރައީސް ޔާމިނުގެ ޒައާމަތުގައިކަމަށްވުމުން ތަބީއީގޮތުންވެސް ރައީސް ޔާމިނާއި މެދު ނަފްރަތު އޮންނާނެކަމަށް ގާނޫނީ ވަކީލުން ފާހަގަކުރައްވަ އެވެ. 

އޭގެ އިތުރުން އަދީބަކީ ރައީސް ޔާމީނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ ރޭވުމުގެ ކުށް ސާބިތުވެ ޖަލުހުކުމެއްވެސް އައިސްފައިވާ ފަރާތަކަށްވުމުން، އޭނާ އަކީ ރައީސް ޔާމީންގެ އަދާވާތްތެރިއެއްކަމަށް ބެލުމުގެ ފުރުސަތު އޮތްކަން ގާނޫނީ ވަކީލުން ފާހަގަކުރައްވައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި މިހާރު އޮތް ފުއްގިރި މައްސަލައިގެ އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި މިހާރު ކުރިއަށްދާ އެ މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ. އަދި ހައިކޯޓުން ވަނީ ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ދަށު ކޯޓުގައި އޮތް މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރެއްވެސް ނެރެދެއްވާފަ އެވެ. 

ރައީސް ޔާމިނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ނެގޭނެކަމަށް ދައުލަތުން ބުނެފައިވާއިރު، ދައުލަތުގެ ޕްރްސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ފުއްގިރި މައްސަލަ ބައްލަވާ ނަޒީމަކީވެސް އަދީބުގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ދެ ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ