ކުޑަކާއްޓެ އާއި އެޑަމް
ކުޅިވަރު
30 Mar 2023 | 17:39
ބީޗް ޗެލެންޖާސް ސީރީސް އެކެއް މިރޭ ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބީޗް ޗެލެންޖާސް ސީރީސް ނަމުގައި ހުޅުމާލޭގައި މިރޭ ބީޗް ވޮލީބޯޅަ މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ބީޗް ވޮލީބޯޅަ ސީރީސް އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމް އިން ކަަލަންޑަރު ކޮށްގެން ބާއްވާ ގައުމީ ލެވަލްގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތެވެ.

ހުޅުމާލޭ ޔޫތު ޕާކް، ބީޗް ވޮލީބޯޅަ ކޯޓުގައި މިރޭ ފަށާ މުބާރާތުގައި ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ވެސް ހުޅުވާލެވިގެން ދެ ޖިންސުގައި ވެސް 2x2 އާއި 4x4 ބައި އޮންނާނެ އެވެ. މުބާރާތުގެ މެއިން ޑްރޯގައި ފިރިހެން 20 ޕެއާ އާއި އަންހެން 14 ޕެއާ ބައިވެރިވެފައިވެއެވެ.

މުބާރާތުގެ އޯޕަން ޑްރޯ އަކީ 2x2 އެވެ. މި ކެޓަގަރީގައި ނޮކައުޓް އުސޫލުން ފިރިހެން ބައިގައި 20 ޕެއާ ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 14 ޕެއާ ވާދަކުރާނެ އެވެ.

ވެޓަރަންސް ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ 4x4 ޑިވިޝަނަށް ބަލާއިރު، އަންހެން ބައިގައި ތިން ޓީމު އަދި ފިރިހެން ބައިގައި ހަތަރު ޓީމު ފެނިގެންދާނެ އެވެ.

ބީޗް ޗެލެންޖާސް ސީރީސް ގިންތި ކުރެވިފައިވަނީ ސީރީސް އެކެއް އަދި ސީރީސް ދޭއް މި ގޮތަށެވެ. އެ ގޮތުން ސީރީސް އެކެއްގައި ރާއްޖޭގެ ވޮލީބޯޅައިގައި އުޅޭ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ. ޗެލެންޖާސް ސީރީސްގެ އެކެއްގެ ގަދަ 16 ޓީމު، ސީރީސް ދޭކަށް ކޮލިފައިވާނެ އެވެ. އަދި މި ގަދަ 16ގެ މެދުގައި ކުޅެވޭ ބުރަށް ފަހު، ގަދަ އަށް ޓީމެއް، އޮކްޓޫބަރު މަހު އޮތް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ކޮލިފައިވާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.