އައިހަމް މިރޭގެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
30 Mar 2023 | 23:40
ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓްރީޓް ބްރަދާސް ސެމީއަށް!

އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގައި މިރޭގެ ގުރޫޕް އޭގައި 7-3 ގެ ނަތީޖާއަކުން ޔޯ ބުރު އެފްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓްރީޓް ބްރަދާސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ސްޓްރީޓް ބްރަދާސް އިން ތިން ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ކުރިން ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ ޔޯ ބުރު އެފްސީ އިން މިރޭގެ މެޗުގެ ދެވަަނަ ހާފުގައި، މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމުކޮޅަށް ވަނީ ތިން ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިރޭގެ މެޗުގައި ސްޓްރީޓް ބްރަދާސްގެ އަހުމަދު އައިހަމް ވަނީ އެޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ އިސްލާމީ ޝައިހާން ދެ ލަނޑު ކާމިޔާބުކޮށްދިންއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން މިބުޝާމްއެވެ.

މި މެޗުގައި ޔޯ ބުރު އެފްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އައިކު ބިން ޝަމީމް، މުހައްމަދު އާހިލް ހަސަން އާއި ރާއިފް އިބްރާހީމް މޫސާ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ސްޓްރީޓް ބްރަދާސްއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އަހުމަދު އައިހަމް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ސްޓްރީޓް ބްރަދާސްއަށް ލިބެނީ ނުވަ ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ޔޯ ބުރު އެފްސީ މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މި ގުރޫޕުން ސެމީގެ ފަހު ޖާގަ ކަށަވަރުކުރުމަށްޓަކައި އެފްސީ ހެސަ ވާދަ މާދަމާ ރޭ ނުކުންނާނީ ލަނޑާ އާއި ދެކޮޅަށެވެ. މިދެޓީމަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މި ގުރޫޕްގެ ދެވަނަ ލިބޭނީ މާދަމާ ރޭގެ މެޗުން މޮޅުވާ ޓީމަކަށެވެ.  މެޗު އެއްވަރުވެއްޖެ ނަމަ ސެމީގެ ފުރުސަތު ލިބޭނީ އެފްސީ ހެސަ ވާދައަށެވެ. 

މާދަމާ ރޭ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު 21:30 ކުޅޭ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޕްރޯ ފުޓްސަލް ކުލަބާއި ދަ ސްކޯޕިއަން އެވެ. އަދި ދެވަނަ މެޗުގައި 22:30 އެފްސީ ހެސަ ވާދަ ނުކުންނާނީ ލަނޑާ އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.