އަހުމަދު އަބޫބަކުރު މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
31 Mar 2023 | 01:19
ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން އެފްސީ ބްރަދާސް އިން ވަރުގަދަ ހަލަފް އެފްސީ ބަލިކޮށްފި!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ގުރޫޕް ބީގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 4-5 ގެ ނަތީޖާއަކުން ހަލަފް އެފްސީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލްގެ އުންމީދު އެފްސީ ބްރަދާސްއިން ދަމަހައްޓައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ހަލަފް އެފްސީ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަަނަ ހާފްގައި އެފްސީ ބްރަދާސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އިތުރު ތިން ލަނޑު ކާމިޔާބުކޮށް މެޗު ގެ ނަތީޖާ އެންމެ ފަހުން މިނެޓުގައި އެޓީމުގެ ކޮޅަށް އަބުރާލާފައެވެ.

މިރޭގެ މެޗުގައި ހަލަފް އެފްސީގެ ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުލް މުހައިމިން އަސްލަމެވެ. މި މެޗުގައި އެފްސީ ބްރަދާސްގެ އަހުމަދު އަބޫބަކުރު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަހުމަދު ޝަރީފް، އަހުމަދު އަހުނަފް އަދި  ހުސެއިން ޝަހާއު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ބްރަދާސްއަށް މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން އަހުމަދު އަބޫބަކުރު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެފްސީ ބްރަދާސް މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއި ފައިދާ އެއް ގޯލާއެކު ގުރޫޕް ބީގެ ދެވަނައިގައެވެ. މުބާރާތުގައި އެޓީމު ކުޅުނު ތިން މެޗުގައި 13 ލަނޑުޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ 12 ލަނޑެވެ.

މި ގުރޫޕްގެ އެއްވަނައިގައި އޮތީ މިރޭގެ މެޗުން ބަލިވި ހަލަފް އެފްސީ އެވެ. ތިން މެޗު ކުޅެގެން އެޓީމަށް ވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ފައިދާ 12 ގޯލު އެބައޮތެވެ. މުބާރާތުގައި އެޓީމު ކުޅުނު ތިން މެޗުގައި 19 ލަނޑުޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ 7 ލަނޑެވެ. މިއާއި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

މިގުރޫޕްގައި ހިމެނޭ ދަ ސްކޯޕިއަންއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް މިވަގުތު ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތެވެ. މުބާރާތުގައި އެޓީމު ކުޅުނު ދެ މެޗުގައި 10 ލަނޑުޖެހިއިރު ބައިކޮޅަށް ވެސް 10 ލަނޑު ވަދެފައިވެ އެވެ. ނަމަވެސް ވެސް މާދަމާ ރޭ ކުޅޭ މިގުރޫޕްގެ ފަހު މެޗުގައި ޕްރޯ ފުޓްސަލް ކުލަބު އަތުން 2 ލަނޑުގެ ތަފާތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް ވެސް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.