ހަބަރު
31 Mar 2023 | 11:25
ފެބްރުއަރީމަހު ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގުޅޭ 248 މައްސަލައެއް

މިއަހަރުގެ ފެބްރުއަރީ މަހު ކުޑަކުދިންނަށް އަނިޔާކުރުމާއި ގުޅޭ 248 މައްސަލައެއް ހުށައަޅައި ޖެންޑަރ މިނިސްޓްރީ އިން އެމައްސަލަ ތަކަށް އެޓެންޑް ވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީ އިން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 148 މައްސަލައެއް ފެބްރުއަރީ މަހު ރިޕޯޓް ކޮށްފައި ވާކަމަށެވެ. އަދި މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޅިފައިވަނީ އިހުމާލުގެ މައްސަލަތައްކަމަށާއި، އިހުމާލުގެ 42 މައްސަލައެއް އެމިނިސްޓްރީ އަށް ހުށައަޅައިފައިވާކަމަށެވެ.

މީގެ އިތުރުން ޖިންސީ ހާނިއްކަ އާއި ގުޅޭ 27 މައްސަލައަކާއި، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައަކާއި، ޖިސްމާނީ ހާނިކައިގެ 21 މައްސަލައަކާއި، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓްގައި ގަނާ ލިބުމުގެ 1 މައްސަލައަކާއި، ބެލްކެ މެއިލް ކުރުމާއި ގުޅޭ އެއްމައްސަލަ އަދި ކުޑަކުދިންގެ މަދުއަޚްލަޤީ ޢަމަލު ހިންގާ ވީޑިއޯތައް ދެއްކުމުގެ 1 މައްސަލަ މިނިސްޓްރީ އަށް ހުށައެޅިފައިވާ ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އެއް ފެބްރުއަރީ މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައި ވާއިރު މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 23 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ އަދި މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ފެބްރުއަރީ މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

މީގެ އިތުރުން ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 33 މައްސަލައެއް ފެބްރުއަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ، ހަޟާނާތުގެ 4 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައިޖެހޭ 2 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 8 މައްސަލަ ފެބްރުއަރީ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 24 މައްސަލަ ފެބްރުއަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. އެގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 20 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ މައްސަލައެއް ފެބްރުއަރީ މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

އަދި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 20 މައްސަލައެއް ފެބްރުއަރީ މަހު ވަނީ ހުށަހެޅިފައި ވާކަމަށާއި، އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 7 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 4 މައްސަލަ، ރުޅިއިސްކުރުން/ ރުޅިގަދަވެ އުޅުމުގެ 3 މައްސަލަ، ސުލޫކީ މައްސަލައިގެ 2 މައްސަލަ، އެހެން ކުދިންނަށް ގަނާ ކުރުމުގެ 2 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް ހިންގުމުގެ  1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 2 މައްސަލައެއް ފެބްރުއަރީ މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މި މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލައާއި އައި.ޑީ ކާޑު / އުފަންދުވަހުގެ ސެޓްފިކެޓް ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.ފެބްރުއަރީ މަހުގައި ދައުލަތަށް އަލަށް 3 ކުއްޖެއް ނެގިފައިވެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ