ނަފްސު އިސްލާޙް ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ރަމަޟާން މަހާއި ބައްދަލުކުރާށެ
ދީން
31 Mar 2023 | 13:11
ނަފްސު އިސްލާޙް ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ރަމަޟާން މަހާއި ބައްދަލުކުރާށެ: ޚުޠުބާ

ނަފްސު އިސްލާޙު ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ރަމަޟާން މަހާއި ބައްދަލުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

"މިއީ ޙަޔާތުގެ އެންމެ ފަހު ރަމަޟާން މަހަށް ވެދާނެ" މި މައުޟޫއަށް ދިން ޚުޠުބާގައި ބުނީ ވަށައިގެން ދިރިއުޅެމުންދިޔަ އެކުވެރިންނާއި، ރަޙްމަތްތެރިންނާއި، ގާތްތިމާގެ މީހުންކުރެ، މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުނުވެ ދުނިޔެއާއި އަލްވަދާޢު ކިޔައިފައިވަނީ ކިތައްމީހުންތޯއެވެ؟ އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހު ތިބާޔާއި އެކު ރޯދަހިފައި، ޤުރުއާން ކިޔަވައި، ތަރާވީޙް ކޮށް އުޅުނު މީހުން ކަމަށާއި، މިއަދި އެމީހުން ވަނީ ދުނިޔެއާއި އަލްވަދާޢު ކިޔައިފައި ކަމަށެވެ.

ފާއިތުވި ރަމަޟާން މަސް ބައްދަލުކުރިއިރު އެމީހުންނަކަށް އެއީ އެމީހުންގެ އެންމެ ފަހު ރަމަޟާން މަސްކަމެއް ނޭނގޭނެ ކަމަށާއި، މިއަދު އެމީހުންގެ އާދޭހަކަށް ވާނީ ތައުބާވެ ރޯދަހިފުމަށާއި، ނަމާދުކޮށް، ޞަދަޤާތް ކުރުމަށް ކުޑަނަމަވެސް ފުރުޞަތެއް އަލުން ލިބުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ވަކިވެ ދިޔަ މީހުންގެ ޙަޔާތުން ޢިބްރަތް ލިބިގަތުމަށް ޚުޠުބާގައި ބުންޏެވެ. އަދި މި ރަމަޟާން މަހަކީ ޙަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ދެކި، ނަފްސު އިސްލާޙު ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި މިމަހާއި ކުރިމަތިލުމަށާއި މިމަހަކީ މާތްﷲ ދެއްވެވި މަތިވެރި ނިޢުމަތެއް ކަމުގައި ދެކި ފިސާއި ހެޔޮގޮތުގައި މިމަހުގެ ބޭނުން ހިފުމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ ރަމަޟާންމަސް އަތުވެއްޖެނަމަ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެމަހަށް އެކަލޭގެފާނުގެ އަސްޙާބުން ޝައުޤުވެރިކުރުވަނީ އެމަހުގެ މަތިވެރި ނިޢުމަތުން ބަރަކާތް ލިބިގަތުމަށް ކަމަށެވެ.

"މާތްﷲ އެވަނީ ރަޙްމަތާއި، ފުއްސެވުމުގެ ގޮވެތި ކަމުގައިވާ ސުވަރުގެގެ ދޮރުކޮޅުތައް، ތިބާއަށްޓަކައި ހުޅުވައިދެއްވައިފައި، ޢަޛާބުގެ ގޮވެތިކަމުގައިވާ ނަރަކައިގެ ދޮރުތައް ބަންދުކުރައްވާފައި، އަދި ނުބައިކަމުގެ މަގުތަކަށް މީހުން ލަންބުވާ ޝައިޠާނުންގެ ބޮޑުން ކަސްތޮޅު އަޅުއްވާފައި، ސުވަރުގެ ވަނުމުގެ ދޮރުކޮޅުތައް ހުޅުވުމަކީ ކިހާ ބޮޑު ނިޢުމަތެއްތޯ" ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނީ ފާއިތުވިދުވަސްތަކުގައި ދުނިޔެއިން ވަކިވެގެންދިޔަ އެތައް ހާސް ބަޔަކަށްފަހު ތިބާ މިރަމަޟާން މަހުގައި، ދުނިޔޭގައި ލެހެއްޓެވީތީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުކުރުމަށެވެ. އަދި އެއީ ﷲ ތަޢާލާ ދެއްވެވި މަތިވެރި ފުރުޞަތެއް ކަމަށެވެ.

އެހެން ކަމުން ރަމަޟާން މަހުގެ ނިދާއަށް އިޖާބަދީ ފާފަތަކުން ތައުބާވެ، ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއިއެކު، ހެޔޮކަމާއިގެން އެމަހުގައި ކުރިއަރައި ދިއުމަށް ޚުޠުބާގައި ގޮވައިލައިފައިވެއެވެ. އަދި ޝައިޠާނާގެ މަޅީގައި ނުޖެހުމަށާއި ފާއިތުވެދިޔަ ރަމަޟާން މަސްތަކުގައި ލިބުނު ހެޔޮކަމުގެ މަތިވެރި ފުރުޞަތުތައް، ކަންނެތްކަމާއި، ކުޅިވަރާއި އަރާމުނިދީގައި ބޭކާރުކުރި ފަދައިން، މި ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް ބޭކާރު ވިޔަ ނުދިނުމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.