ސަލަފުއް ޞާލިޙުން ރަމަޞާން މަހު ގިނަގިނައިން ޤުރުއާން ކިޔަވައިވިދާޅުވި
ދީން
31 Mar 2023 | 14:23
"ސަލަފުއް ޞާލިޙުން ރަމަޞާން މަހު ގިނަގިނައިން ޤުރުއާން ކިޔަވައިވިދާޅުވި"

ކީރިތި ރަސޫލާ ޞައްލަالله ޢަލައިޙި ވަސައްލަމްގެ ސަލަފުއް ޞާލިޙުން ރަމަޟާން މަހު ގިނަގިނައިން ޤުރުއާން ކިޔަވައިވިދާޅުވި ކަމަށް މިއަދުގެ ހުކުރު ޚުތުބަގައި ބުނެފިއެވެ.

ސަލަފުއް ޞާލިޙުން ރަމަޟާން މަހާއި ކުރިމަތި ލައްވާފައިވަނީ ހަމަ އެންމެ ހިނދުކޮޅެއްވެސް ހެޔޮކަމުން މަޙްރޫމް ނުވާގޮތައް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ހެޔޮ އެއްވެސް ކަމެއް އެބޭކަލުން ދޫކޮށެއް ނުލައްވައެވެ. އެގޮތުން ބައެއް ބޭކަލުން ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމުގައި މުޅި ދުވަސް ހޭދަކުރައްވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

މާތްالله ރުއްސުންލެއްވި ޢަބްދުالله ބިން މަސްޢޫދު ރަމަޟާން މަސް ނޫން މަސްމަހުގައިވެސް އެއްހުކުރުން އަނެއް ހުކުރަށް ޤުރުއާން ޚަތިމް ކުރައްވާ ކަމަށާއި ރަމަޟާން މަހު ތިން ދުވަހުން ޚަތިމެއް ކުރައްވާކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ތާބިޢީ ބޭކަލެއް ކަމަށްވާ ޤަތާދާ ރަޙިމަހުالله ރަމަޟާން މަސް ނޫން އެހެންމަސްމަހުގައި ތިން ދުވަހުން ޤުރުއާން ޚަތިމް ކުރައްވާ ކަމަށާއި، ރަމަޟާން މަހު ތިން ދުވަހުން ޚަތިމެއް ކުރައްވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައެއްގައި ކޮންމެ ދުވަހަކު ޚަތިމެއް ކުރައްވައެވެ.

އިބްނު ރަޖަބް ރަޙިމަހުالله ވިދާޅުވެފައިވަނީ ޢާންމުކޮށް ތިން ދުވަހަށްވުރެ އަވަހަށް ޚަތިމެއް ކުރުމަކީ މަކްރޫޙަ ކަމެއް ކަމުގައިވިޔަސް، ރަމަޟާން މަސްފަދަ ހެޔޮކަމުގެ މޫސުމްތަކާއި، މައްކާފަދަ މުޤައްދަސް ތަންތަނުގައި، ކީރިތި ޤުރުއާން ވީހާވެސް ގިނައިން ކިޔެވުން މުސްތަޙައްބު ވެގެންވާކަމަށެވެ. އެއީ މާތްވެގެންވާ ޒަމާނާއި، މުޤައްދަސް ތަންތަނުގައި، ހެޔޮކަން އިތުރުވާތީ، އެފުރުޞަތު ލިބިގަތުގެ ގޮތުން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"އިސްވެ ބަޔާންވެދިޔަ ޚަބަރުތަކުގެ މުރާދަކީ، ފަހަރެއްގައި ވެސް ތަޖުވީދުގެ ހަމަތަކާއި، އަކުރުތަކުގެ މަޚްރަޖާއި، ފިލިތަކަށް ބެލުމެއް ނެތި އަވަސްއަވަހަށް ޤުރުއާން ކިޔެވުމެއް ނޫން، ނަމަވެސް އެބޭކަލުންގެ ޙަޔާތްޕުޅުން ހިތްވަރު ލިބި، ވީހާވެސް ގިނަވަގުތު، ޤުރުއާން ކިޔެވުމުގައި ހީވާގިވުން" ޚުޠުބާގައި ބުނެފައިވެއެވެ.

ސަލަފުއް ޞާލިޙުން ރަމަޟާން މަހު ގިނަގިނައިން ޤުރުއާން ކިޔަވައިވިދާޅުވުމުގެ އިތުރުން އެމަހުގެ ރޭތަކުގައި ނަމާދު ކުރުމުގައި ވެސް އެހާމެ ހީވާގި އުޅުއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.