އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ފޮޓޯ: މަޖިލިސް.
ހަބަރު
31 Mar 2023 | 22:45
"މަޖިލިސް އިންތިހާބުގައި ރައީސް ޞާލިހު، އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި"

2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ތުހުމަތު ކުރައްވައިފި އެވެ. 

ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2019ގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަކިން ވާދަކުރަން ޤައުމީ މަޖިލިސް އިއްތިފާޤުން ނިންމައި، ދާއިރާތަކުގައި ޕްރައިމަރީތައް ބާއްވައި ކެންޑިޑޭޓުން ހޮވާފައި ވަނިކޮށް، ރައީސް ސޯލިހު އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ. 

އަދި އެކަން ހަނދާންކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް، އެއީ ކޮން ކެންޑިޑޭޓުންނާއި ދެކޮޅަށް ކަމެއް ވައްޑެ ވިދާޅެއް ނުވެއެވެ. 

ވައްޑެގެ ޓުވީޓަށް ރައްދު ދެއްވައި ރައީސް ޞާލިހުގެ ފެކްޝަނުގެ މެންބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އޭނާ އާއި ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. 

"މީހުންގެ ދުލުގަ ހިފާގެން ނުދަމަބަލަ. އަޅުގަނޑާދެކޮޅަށް މަސައްކަތްކުރީ އެމް ޑީ ޕީ ގެ ރައީސާ ނައިބު ރައީސް." ވައްޑެ އަށް ރައްދު ދެއްވައި ކުރެއްވި ކޮމެންޓު ގައި ޝިފާއު ވިދާޅުވިއެވެ.  

ޝިފާއު އަށް ރައްދު ދެއްވަމުން ވަައްޑެ ވަނީ އޭނާގެ އެ ވާހަކަ ދޮގު ކުރައްވާފައެވެ. 

"‎2019 ގައި އެމްޑީޕީ ރައީސް އާއި ނައިބު ރައީސް އިދިކޮޅަށް އެއްވެސް ކަމެއް ކުރިނަމަ ޝިފާއު ނުހޮވުނީސްކަން އެންމެން ދަންނާނެ." ވައްޑެ ވިދާޅުވި އެވެ. 

އެމްޑީޕީގެ އެތެރޭގައި ގިނަ ހަމަނުޖެހުންތަކެއް އުފެދި ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް އުފައްދަވައި، ޖުމްހޫރީ ޕާޓީ އާއި އެކު ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ނުކޮށް އެފަދައިން ޖޭޕީ އާއި އެކު މަޝްވަރާތައް ކުރައްވަމުންދަނީ އެމްޑީޕީއަށް ރަނގަޅަށް ކަމަށް އެ ފެކްޝަނުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.