މުހައްމަދު އިޔާދު އަލީ މިރޭ މެޗުގައި ފަސް ލަނޑު ކާމިޔާބު ކުރި
ކުޅިވަރު
31 Mar 2023 | 23:39
ޕްރޯ ފުޓްސަލް ކުލަބު ކޮޅަށް 15 ލަނޑުޖަގައި، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދަ ސްކޯޕިއަން ސެމީއަށް!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ގުރޫޕް ބީގެ ފަހު މެޗުގައި 15-2 ގެ ނަތީޖާއަކުން ޕްރޯ ފުޓްސަލް ކުލަބު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަ ސްކޯޕިއަން އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗަށް ނުކުތްއިރު ތިން ޕޮއިންޓާއެކު ދަ ސްކޯޕިއަން އޮތީ ގްރޫޕްގެ ތިންވަނައިގައި އެވެ. އަދި ދެ ލަނޑުގެ ތަފާތަކުން މޮޅުވެ ސެމީއަށް ދިއުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

ނަމަވެސް މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އެކަނިވެސް އެޓީމުން 8 ލަނޑުޖެހިއިރު ދެވަނަ ހާފުގައި އެޓީމުން އިތުރު 7 ލަނޑު ކާމިޔާބުކުރި އެވެ. އަދި މުބާރާތުގައި ކުޅުނު ތިން މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލަށް ދިޔަ ޕްރޯ ފުޓްސަލް ކުލަބުން މި މެޗުގެ ކޮންމެ ހާފެއްގައިވެސް އެއް ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

މިރޭގެ މެޗުގައި ދަ ސްކޯޕިއަންގެ އިބްރާހީމް ޝަފްރާޒް އާއި މުހައްމަދު އިޔާދު އަލީ މިއިން ކޮންމެ ކުޅުންތެރިއެއް ފަސް ލަނޑުޖެހިއިރު އެޓީމުގެ ހުސެއިން ޝަފްރާޒް އިބްރާހިމް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝަޔާޒް އިބްރާހިމް އާއި އިބްރާހިމް ޒުހޫރު އެވެ.

ޕްރޯ ފުޓްސަލް ކުލަބުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހާނީ އާއި އިމާދު މުހައްމަދު ފުޅު އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ދަ ސްކޯޕިއަންއަށް މި މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އިޔާދު އަލީ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު 21:30 ކުޅޭ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ސްޓްރީޓް ބްރަދާސް އާއި ގްރޫޕް ބީގެ ދެވަނަ ހަލަފް އެފްސީ އެވެ.

މާދަމާ ރޭ 22:30 ގައި ކުޅެވޭ މުބާރާތުގެ ސެމީ ފައިނަލުގެ  ދެވަަނަ މެޗުގައި ގުރޫޕް ބީގެ އެއްވަނަ ދަ ސްކޯޕިއަން ނުކުންނާނީ ގްރޫޕްގެ އޭގެ ދެވަނަ އެފްސީ ހެސަ ވާދަ އާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.