ހަސަން މާއިލް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިދީފައިވޭ
ކުޅިވަރު
01 Apr 2023 | 00:41
މަމްދޫހުގެ ފަސް ލަނޑާއެކު ސެމީ ފައިނަލުގެ ފަހުޖާގަ އެފްސީ ހެސަ ވާދައަށް!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ގުރޫޕް ސްޓޭޖު ފަހު މެޗުގައި 8-0 ގެ ނަތީޖާއަކުން ލަނޑާ ބަލިކޮށް މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ އެފްސީ ހެސަ ވާދަ އިން ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފު އެފްސީ ހެސަ ވާދަ އިން ނިންމާލީ 4-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެފްސީ ހެސަ ވާދައަށް އޮތް އިރު، ލަނޑާއަށް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ފަސް ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. ނަމަވެސް މި މެޗުގައި އެޓީމުގެ ފަރާތުން އެވަރުގެ ނަތީޖާއަކުން މޮޅުވެވޭފަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ ނުވެއެވެ.

އެފްސީ ހެސަ ވާދައިގެ ހަސަން މާއިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ މުހައްމަދު މަމްދޫހު ވަނީ ފަސް ލަނޑުޖަހާފައެވެ. އަދި އެޓީމުގެ އަބްދުﷲ ނަބީހް އާއި ހުސެއިން މާއިސް އިތުރުން ހަސަން މާއިލް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ މި މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. 

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ހެސަ ވާދައިގެ ހަސަން މާއިލް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު 21:30 ކުޅޭ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ސްޓްރީޓް ބްރަދާސް އާއި ގްރޫޕް ބީގެ ދެވަނަ ހަލަފް އެފްސީ އެވެ.

މާދަމާ ރޭ 22:30 ގައި ކުޅެވޭ މުބާރާތުގެ ސެމީ ފައިނަލުގެ  ދެވަަނަ މެޗުގައި ގުރޫޕް ބީގެ އެއްވަނަ ދަ ސްކޯޕިއަން ނުކުންނާނީ ގްރޫޕްގެ އޭގެ ދެވަނަ އެފްސީ ހެސަ ވާދަ އާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ ތިންވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.