ލޭ ހަދިޔާކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން/ ފޮޓޯ: އެމްބީއެސް
ހަބަރު
01 Apr 2023 | 22:35
ސެންޓްރަލައިޒްޑް ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކަށާއި، ތެލެސިމާ ކުދިންނާއި މީހުންނަށް ބޭނުންވާ ލޭ އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ހާމަކޮށްފި އެވެ. 

މިކަމާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަރިޓްކްސް ޑރ.އަޙްމަދު އުމަރު ވިދާޅުވީ މާލެ ސަރަޙައްދުގައި ހުރި ހުރިހާ ހޮސްޕިޓަލަކަށް ބޭނުންވާ ލޭ އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރު ފެށުމަށް ނިންމާފައިވާކަމަށެވެ. 

އެ މަސައްކަތް ފެށުމަށްޓަކައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ބޭނުންވާ ލޭގެ މިންވަރު ހޯދާފައިވާ ކަމަށާއި، ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރަށް ވަޞީލަތްތަކާއި މުވައްޒަފުންވެސް ހަމަޖައްސައި ނިމިފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ޑރ އުމަރުގެ ވާހަކައިގައި ވަނީ ލޭ ރައްކާކުރުމަށް ހުރި ދަތިތަކަށްވެސް އަލިއަޅުވާލައްވާފަ އެވެ. 

"މި މަސައްކަތްވެސް ކުރިއަށްގެންދިޔުމަށް އޮތް ދައްޗަކީ ޖާގައިގެ ދަތިކަމައި މުވައްޒަފުންގެ ދަތިކަން. މިކަންކަމަށް ހައްލެއް ލިބުމުން މާލެ ސަރަޙައްދަށް ބޭނުންވާ ލޭ އެއްތާކުން ލިބޭނެ ގޮތް ހެދުމަށްޓަކައި މަސައްކަތް މިކުރަނީ."

މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަރިޓްކްސް ޑރ.އަޙްމަދު އުމަރު

ބްލަޑް ބޭންކުގައި ރައްކާކޮށްފައި ހުންނަ ލޭ އެންމެ ގިނައިން ބޭނުންވަނީ ތެލެސިމާ ކުދިންނާއި މީހުންނަށެވެ. 

ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ހޯދާ 600 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އެމްބީއެސް މައުލުމާތުދެއެވެ. އަދި ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ.

މީގެތެރެއިން 360 އަށްވުރެ ގިނަ ކުދިންނަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދާ ކުދިންނެވެ. 

ސެންޓަރަލައިޒްޑް ބްލަޑް ސެންޓަރާއެކު މިހާރަށް ބޮޑު ގިނައިން ލޭ ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، ލޭ ހޯދުމަށް އުފުލަން ޖެހޭ ތަކުލީފުތައް ކުޑަވެގެންދާނެ ކަމަށް އެމްބީއެސްއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.