އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ/ ފޮޓޯ: އެޗްއީއޯސީ
ހަބަރު
02 Apr 2023 | 11:56
ސުކޫލުތަކުގައި ތިބި މޫނު ބުރުގާ އަޅާ ކުދިން މޫނު ބުރުގާ ނެގުމަށް އެޑިއުކޭޝަނުން އަންގައިފި!

ހުރިހާ ސުކޫލެއްގައި ތިބި މޫނު ބުރުގާ އަޅާކުދިން ސުކޫލަށްދާއިރު މޫނު ބުރުގާ ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. 

ސުކޫލަށް ދާއިރު މޫނު ބުރުގާ ނަގަން އެންމެ ފުރަތަމަ އެޑިއުކޭޝަނުން އެންގީ އަރަބިއްޔާ ސުކޫލަށެވެ. އަރަބިއްޔާ ސުކޫލުގެ ޓީޗަރުންނަށްވެސް މޫނު ބުރުގާ އަޅައިގެން ކުދިންނަށް ކިޔަވައިދޭން ކްލާސްތަކަށް ވަނުން ވަނީ އެޑިއުކޭޝަނުން މަނާކޮށްފަ އެވެ. 

އެފަހުން ރާއްޖޭގެ ހުރިހާ ސުކޫލުތަކަކަށް އެޑިއުކޭޝަނުން ވަނީ އެފަދައިން އަންގާފައެވެ. އަދި ސުކޫލަށް ދާއިރު މޫނު ބުރުގާ ނެގުމަށް ހުރިހާ ސުކޫލުތަކަށް ވަނީ އަންގާފަ އެވެ. 

މޫނު ނެގުމަށް އެޑިއުކޭޝަނުން އެންގި އެންގުން އަރަބިއްޔާ ސުކޫލުން ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ކޯޓަށް އެމައްސަލަ ހުށަހަޅާން ނިންމާފަ އެވެ. 

އޭގެ އިތުރުން ތައުލީމު ހަސީލު ކުރާ ދަރިވަރުންނަށް، މޫނު ބުރުގާ ނަގަން އެންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާ، މޫނު ބުރުގާގެ ސަބަބުން އެ ދަރިވަރުން ތަޢުލީމުން މަހްރޫމް ނުކުރެވޭނެ ކަން ދިވެހި ރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ތަކުރާރުކޮށް ދަނީ މޫނު ބުރުގާ ނަގަން ދަރިވަރުންނަށް އަންގާ މަޖުބޫރު ކުރަމުންނެވެ. 

ކޮމެންޓް
ީއިބްރާ
ދެން ހުރިހާ ކުދިން ސްކޫލަށްދާންވީ މިނިސްޓަރ ހުރިގޮތަށް
02 Apr 2023
Ahmed Rasheed
ދީން އޮތީ ހިންނަވަރުގައި
02 Apr 2023
އެޑިއުކޭޝަން
ސްކޫލް ތަކުގަ ކުޑަކުދިންނަށް އެއްޖިންސުން ގުޅުން ހިންގުން ކިޔާ ދިނުން އޯކޭ މިމީހުންނަށް🤬
02 Apr 2023
ބުޑު
ބޮޑު އޮރިޔާން ބުޑެއް އަންގަފާނެ ކޮންމެ ކަމެއް ކުރަންވެސް
02 Apr 2023
އައްލާބެ
ތިކަންކުރަން މިހާރު މާބޮޑަށްލަސްވެއްޖެ. ހަގީގަތުގައި މޫނުބުރުގައި އަޅައިގެން ރާއްޖޭގައި މިއުޅެނީ ދީނީގޮތުން ހައްދުފަހަނައަޅައިވާ ފިކުރުގެމީހުން. ކިޔަވައިދޭތަންތަނުގައި އުޅެނީ ކޮންބައެއްކަން ރަނގަޅަށް އެގެންޖެހޭނެ.
03 Apr 2023
ދަރިވަރުން
މިނިސްޓަރު އޮރިޔާންނިވާނުކުރުރާ މައްސަލަވެސް ޖައްސަންޖެހޭ. ދަރިވަރުންނަށް ރަނގަޅުނަމޫނާ ދައްކަންޖެހޭ. ނިވާކުރީމަމަ ވކު ނުދިޔަ.
03 Apr 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.