ސަން ޝިޔާމު އެވޯޑު ހަފްލާއެއްގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Apr 2023 | 15:00
ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ޝިޔާމުގެ ކުންފުންޏަށް ކުރި އަމުރު މަޑުޖައްސާލައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު 14 ދުވަސްތެރޭ ދެއްކުމަށް ސިވިލްކޯޓުން ކުރި އަމުރު ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެދީފި އެވެ. 

ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އެ ފައިސާދެއްކުމަށް ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް މިދިޔަ ފެބްރުއަރީމަހުގެ ނެރުނު އަމުރެއްގައެވެ. 

އެފަހުން ސަން ޓްރެވަލްސްގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅޭ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ހައިކޯޓުން ވަނީ ސަން ޓްރެވަލްސްއިން އެދުނުގޮތަށް ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ވަކިގޮތަކަށް ނިމެންދެން ސިވިލް ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ ވަގުތީ އަމުރެއް ނެރެދީފަ އެވެ. 

އެގޮތުން ހައި ކޯޓުން ސަން ޓްރެވަލްސްގެ އެދުނު ގޮތަށް މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން 5 ފެބްރުއަރީގައި ނެރެފައިވާ އަމުުރު ތަންފީޒުކުރުން މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ. 

އަދި އެ އަމުރު ނެރެދެނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށް ސިވިލް ކޯޓުގެ އަމުރު ތަންފީޒުކޮށްފިކަމަށް ވާނަމަ ސަން ޓްރެވަލްސް ކުންފުނީގެ މަސްލަހަތަށް ގެއްލުންވެދާނެތީ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. 

ޝިޔާމު ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެދީފައިވާއިރު، ޝިޔާމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް އެމަނިކުފާނާއި އެކު ކޯލިޝަން ހަދަން އެއްބަސްވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. 

އަދި މިފަހުން ޝިޔާމާއި އޭނާގެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ހުޝާމަދުކޮށް އެމަނިކުފާނު ސަރުކާރު ހިންގަވާލެއް މޮޅުކަން ފާހަގަކުރައްވާ ތައުރީފު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ