ކާބޯތަކެތި ބެހި ތަނަށް އެއްވި މީހުން
ދުނިޔެ
02 Apr 2023 | 21:45
ކަރާޗީގައި ކާބޯތަކެތި ބެހި ތަނެއްގައި ފިތި ބާރުވެގެން 11 މީހަކު މަރުވެއްޖެ

ޕާކިސްޠާނުގެ ކަރާޗީގައި ރަމަޟާން މަހާއި ގުޅިގެން ހިލޭ ކާބޯތަކެތި ބެހި ތަނެއްގައި ފިތި ބާރުވެގެން 11 މީހުން މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރާގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިހާދިސާ ހިނގައިފައިވަނީ ފާއިތުވި ހުކުރުދުވަހު ކަރާޗީގެ ފެކްޓްރީއެއްގެ ކައިރީގައެވެ. 11 މީހަކު މަރުވުމުގެ އިތުރުން މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން ކާބޯތަކެތި ބަހަން ފެށުމުން އަވަހަށް އެތަކެތި އަތުލުމަށް އަވަސްވެގަތުމުގެ ތެރޭގައި ގިނަ ބަޔަކު ވެއްޓި، ވެއްޓުނު މީހުންގެ ގައިމައްޗަށް އެރި ފިތި ބާރުވުމުގެ ސަބަބުން އެއްބަޔަކު މަރުވެ އަނެއް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި ކައިރީގައި ހުރި ވަޅުގަނޑެއްގެ ތެރެޔަށްވެސް އެއްބައިމީހުން ވެއްޓިފައިވާކަމަށްވެސް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ މީޑިއާ އަކުން ބުނެފައިވަނީ މަރުވިމީހުންގެ ތެރޭގައި ހިމެނެނޭ 8 އަންހެނަކާއި 3 ކުޑަކުއްޖެއް ކަމަށެވެ.

ކަރާޗީ ޕޮލިހުގެ ފަރާތުން ވާހަކަދެއްކި މުޤީސް ހަޝްމީ ބުނެފައިވަނީ ކާބޯތަކެތި ބެހި ފެކްޓްރީގެ ވެރިޔާ އެކަން އިންތިޒާމް ކުރާކަން ޕޮލިހުންނަށް އަންގައިފައިނުވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން އިޝާރާތެއް ކުރިނަމަ އެތަނަށް ސެކިޔުރިޓީ ފޯސް ފޮނުވައި އިންތިޒާމް ތައް ރަނގަޅު ކުރެވުނީސް ކަމަށް ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ފޮރިންގ މިނިސްޓަރ ބިލާވަލް ބުއްޓޯ ޒަރްދާރީ ވަނީ މިކަން ހިނގައި ދިޔަގޮތް ތަހުޤީގު ކުރުމަށް ކަމާއިބެހޭ އިދާރާތަކަށް އަންގައިފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ޕާކިސްތާނުގައި، ހިލޭ ކާބޯތަކެތި ބަހާ ތަންތަނުގައި މިފަދަ ހާދިސާއެއް މި ރަމަޟާން މަހު ކުރިންވެސް ވަނީ ހިނގައިފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އެހާދިސާގައިވެސް ބަޔަކު ވަނީ މަރުވެފައެވެ. ހުކުރުދުވަހުގެ ހާދިސާގައި މަރުވި މީހުންނާއި އެކު މިރަމަޟާން މަހު މިފަދަހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 21 އެރީކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ދުވަސްވަރަކީ ޕާކިސްތާނުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެކެވެ. ގިނަ އާއިލާތަކުން ގަޑިން ގަޑިއަށް ކާބޯތަކެތި ހޯދުމަށް ނުކުޅެދޭ ހިސާބަށް ވަނީ އެޤައުމުގެ ހާލަތުގޮއްސައެވެ.

ޕާކިސްތާނުގެ ސަރުކާރުން އިންތިޒާމް ކޮށްގެން، ކުޑަ އާމްދަނީ އެއް ލިބޭ އާއިލާތަކަށް ޚާއްސަކޮށްގެން، ބޭއްވި ގޮދަން ފުށް ބެހުމުގެ  ހަރަކާތަކަށްވެސް އެތައް ބަޔަކު ވަނީ އެއްވެފައެވެ. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް އިންތިޒާމް ކޮށްފައިވަނީވެސް ރަމަޟާން މަހާއި ދިމާކޮށް ދަތިހާލުގައި އުޅޭ ފަރާތްތަކަށް ލުޔެއް ހޯދައި ދިނުމަށް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.