މުސްލިމްކުޑަކުދިން މަރުވުމަށްފަހު ވާނީ ކޮންތާކު؟
ދީން
03 Apr 2023 | 10:31
މުސްލިމްކުޑަކުދިން މަރުވުމަށްފަހު ވާނީ ކޮންތާކު؟

ބާލިޣު ނުވަނިސް މަރުވާ މުސްލިމް ކުޑަ ކުދިން ޤިޔާމަތާއި ހަމައަށް ސުވަރުގޭގައި ވާނީ ﷲ ގެ ހަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ކަފާލަތުގައި ކަން ދެނެހުރީމު ހެއްޔެވެ؟ 

އަހަރެމެންގެ ތެރެއިން ބާލިޣުނުވަނީސް މަރުވެ ގޮސްފައިވާ ކުދިންނާއި މެދު ކަންކަން ވާގޮތް ނުވަތަ އެކުދިންގެ މައިންބައިފައިންނަށް އާޚިރަތުގައި އޮތް ތަނަވަސް ރަޙްމަތެއްގެ ވާހަކަ އަޑު އެހީމުހެއްޔެވެ؟ މުސްލިމުންގެ ކުޑަކުދިން ވާހުށީ ސުވަރުގޭގައެވެ. 

ބާލިޣު ނުވަނީސް މަރުވާ މުސްލިމް ކުޑަ ކުދިންނާއި މެދު ވާހަކަ ދައްކަވަމުން ޝެއިޙް އަހްމަދު ސަމީރު ތަފްސީލީ ގޮތެއްގައި ދަލީލާއި އެކު މިވާހަކަތައް ކިޔައިދެއްވާފައިވެއެވެ.

އެގޮތުން ފުރަތަމަ ގެނެސްދެއްވާފައިވާ ދަލީލަކީ ما من الناس من مسلم، يتوفى له ثلاث لم يبلغوا الحنث، إلا أدخله الله الجنة بفضل رحمته إياهم[1]. މާނައީ: މީސްތަކުންގެ ތެރެއިން މުސްލިމަކަށް 3 ކުދިން ލިބި، ބާލިޣު ނުވަނިސް އެކުދިން މަރުވެގޮސްފިކަމުގައި ވާނަމަ، އެކުދިނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާ ރަޙްމަތުގެ ސަބަބުން އެމީހަކު ސުވަރުގެއަށް ނުވައްދަވައި ﷲ ދޫނުކުރައްވާނެއެވެ.)  އޭގެ މާނައަކީ ބާލިޣު ނުވާ ކުޑަކުދިން މަރުވެ ގޮއްސިކަމުގައި ވާނަމަ ﷲގެ ފަޟްލަވަންތަ ވެރިކަމުން އެކުއްޖާގެ މައިންބަފައިން ސުވަރުގެއަށް ވައްދަވައެވެ. 

"މިއިން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އިނގޭ އެކުދިން ނަރަކައަށް ދާނަމަ މައިންބަފައިން އެކުދިންގެ ސަބަބުން ސުބަރުގެއަށް ނުވައްދަވާނެކަން، އެކުދިންގެ ސަބަބުން މައިންބަފައިން ސުބަރުގެއަށް ވައްދަވާނީ އެކުދިންސުވަރުގެއަށް ވައްދަވަންޏާތާ! އެއީ އެކުދިން ނަރަކައަށް ވަދެފަ އެކުދިންގެ ސަބަބުން އެކުދިންގެ މައިންބަފައިން ސުވަރުގެ ދާ އުސޫލަކީ ބުއްދި ޤަބޫލް ކުރާ އުސޫލެއް ނޫން، އެހެންވީމަ އެކުދިންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ ރަޙްމަތެއް، ފަޟްލަވަންތަ ވެރިކަމެއްގެ ސަބަބުން، އެކުދިންގެ ސަބަބުން އެކުދިންގެ މައިންބަފައިން ސުވަރުގެއަށް ވައްދަވަނީ" ޝެއިޙް ވިދާޅުވިއެވެ.،

ދެވަނަ ދަލީލެއްގެ ގޮތުގައި ޝެއިޙް ގެންނަވާފައިވަނީ އިމާމް އަބޫ ހުރައިރާ ގެންނަވާފައިވާ ރިވާޔަތެކެވެ. އެއީ (قال صِغارُكُم دَعَامِيصُ الجنةِ ، يَتَلَقَّى أحدُهم أباهُ أوقال أبويه, فيأخذُ بثوبِه أو ترفه, فلَا يتناهي أو قال ينتهِي حتى يُدخِلَه اللهُ و أباهُ الجنةَ) މާނައީ: ވިދާޅުވިއޭ! މުސްލިމުންގެ ކުޑަ ކުދިންނަކީ ސުވަރުގޭގެ ދަޢާމީޞް ފަދައިން ވާބައެކެވެ. އެމީހުން އެމީހުންގެ މައިންބަފައިންގެ އަތުގައި ނުވަތަ މައިންބަފައިންގެ ހެދުމުގައި ހިފާނެއެވެ. ނުވަތަ އޭނާގެ ފަސްބައިގައި ހިފާނެއެވެ. އޭނާ އެފަސްބައިން ދޫނުކުރާނޭ އޭނާ އާއި އޭނާގެ ބައްޕަ ސުވަރުގެއަށް ވައްދަވައިފުމަށް ދާންދެނެވެ.

"މުސްލިމުންގެ ބާލިޣުނުވާ ކުޑަކުދިންނަކީ ސުވަރުގޭގަ ދާއިމަށް އަބަދު އެސުވަރުގޭގައި ދެމިތިބޭ ފަދަ ބައެކޭ، މި ޢަރަބި ބަހުގަ ދަޢާމީސް ގެ މާނައަކީ ފެނުގަ އަބަދުވެސް އުޅޭ ސޫފިތަކެއް، އަބަދުވެސް ފެނުގަ އެއެއްޗެހި އުޅޭނީ، ކޮންމެސް ކަހަލަ ދިރޭ އެއްޗެއް އެއީ ފެނުގަ އުޅޭ، އެ ފެނަކުން ނުއެއް ނުކުންނާނެ، އަބަދުވެސް ފެނުގަ ތިބޭނީ، އެހެންވީމަ ސުވަރުގޭގެ ދަޢާމީސް އޭ ބުނެވޭ ބަހުގެ މާނައަކީ އަބަދުވެސް ސުަވަރުގޭގަ ދެމިތިބޭ ފަދަ އެއްޗެހިތަކެއް އުޅޭ ގޮތައް އުޅޭ ބަޔެކޭ މުސްލިމުންގެ ކުޑަ ކުދިންނަކީ، އެމީހުން އެމީހުންގެ މައިންބަފައިންގެ އަތުގައި ނުވަތަ މައިންބަފައިންގެ ހެދުމުގައި އެމީހުން ހިފާނޭ، އަޅުގަނޑުމެންގެ ކުދިން އަޅުގަނޑުމެން ގެއަށް ވަނީމަ އަޅުގަނޑުމެންގެ ކުދިން އަޅުގަނޑުމެންގެ ހެދުމުގައި ހިފާހެން،  ބައެއް ރިވާޔަތް ތަކުގައި ބައްޕަ އަނެއްބައި ރިވާޔަތް ތަކުގައި މަންމަ އާއި ބައްޕަ، މިތާގަ ބައްޕަ އެކަނި އަޔަސް އޭގެ މައްޗަށް މަންމަ ވެސް ޤިޔާސް ކުރެވޭ، ބައެއް ރިވާޔަތް ތަކުގައި ދެމީހުންގެ ވާހަކަވެސް އައިސްފައިވޭ، ނުވަތަ ހެދުމުގެ ފަސްބައިގައި ހިފާނޭ، އޭނާ އެފަސްބައިން ދޫނުކުރާނޭ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ އާއި އޭނާގެ ބައްޕަ ސުވަރުގެއަށް ވައްދަވައިފުމަށް ދާންދެން، އޭގެ މާނައަކީ އޭނާ ގޮވައިގެންނޭ އޭނާ ސުވަރުގެއަށް ވަންނާނީ" ޝައިޙް ސަމީރު ވިދާޅުވިއެވެ. 

މިކަމާއި ގުޅޭ އިތުރު ދަލީލްގެންނަވަމުން ޝެއިޙް ދެން ގެނެސްދެއްވި ދަލީލަކީ އިމާމް އަޙްމަދު އަބޫ ހުރައިރާގެ އަރިހުން ގެނެސްދެއްވި މި ޙަދީޘެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ.(ذراري المسلمين في الجنة، يكفلهم إبراهيم عليه السلام) މާނައީ: މުސްލިމުންގެ ކުޑަކުދިން ވަނީ ސުވަރުގޭގައެވެ. އެބައިމީހުންގެ ކަފާލަތު، އެކުދިންގެ ކަންކަން ބަލަހައްޓަވާނީ އިބްރާހިމް ޢަލައިހިއްސަލާމްއެވެ.

އަބޫ ހުރައިރާގެ ފަރާތްޕުޅުން އަލް އިމާމް ޙާކިމް ރަޙިމަހުﷲ ނެރުއްވާފައިވާ ޙަދީޘް ފުޅެއްގައި ވެއެވެ. (أولادُ المؤمنين في جبلٍ في الجنةِ ، يكفُلهم إبراهيمُ وسارةُ ، حتى يردَّهم إلى آبائهم يومَ القيامةِ) މަނައީ: މުއުމިނުންގެ ދަރިން ވާނީ ސުވަރުގޭގައިވާ ފަރުބަދައެއްގެ މަތީގައެވެ. އެމީހުންގެ ކަފާލަތު، އެމީހުންގެ ކަންކަން ބަލަހައްޓަވާނީ އިބްރާހިމްގެފާނާއި ސާރާގެފާނުގެ ދެކަނބަލުންނެވެ. އެއީ އެބައިމީހުންގެ މައިންބަފައިންނާއި ޤިޔާމަތްދުވަހު އެދަރިން ރައްދު ކުރެވުމަށް ދާންދެނެވެ. 

"އޭގެ މާނައަކީ ޤިޔާމަތް ދުވަހު ހިސާބުބެލި ޖަޒާދެވި އެއަށްފަހުގައި ދެން އެމީހުންގެ މައިންބަފައިންނަށް ރައްދުކުރެޥޭ ހިސާބަށް އަންނަންދެން އެމީހުން މަރުވުމަށް ފަހުގައި އެމީހުންގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާނީ އިބްރަހީމްގެފާނާއި ސާރާގެފާނާއި ދެމަފިރިކަނބަލުންކަން، މިއިން ވަރަށް ސާފުކޮށް އެބައިނގޭ މުސްލިމުންގެ ދަރިން ވާނީ ސުވަރުގޭގައިކަން، އަދި އެބައިމީހުން ވާނީ އިބްރާހިމްގެފާނުގެ ކަފާލަތުގެ ދަށުގައިކަން" ޝެއިޙް ގެ ވާހަކައިގައި ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
29 Jul 2026
ޝޯވ އަދި މިޔުޒިކު މަނާކުރެވިގެން ނުވާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.