ކެއާ ސޮސައިޓީން ހުޅުމާލޭ ފޭސް ދޭގައި، ރިހެބިލިޓޭޝަނާއި، އިންޓަވެންޝަން ޚިދުމަތަށް އަމާޒުކޮށްގެން "ހިޔާ އެނެކްސް" ގެ ނަމުގައި ސެންޓަރެއް ޤާއިމްކުރުމަށް އެއްބަސްވުން-- ފޮޓޯ/ ކެއާ ސޮސައިޓީ
ހަބަރު
03 Apr 2023 | 14:32
ކެއާ ސޮސައިޓީގެ ޚިދުމަތްދޭ ސެންޓަރެއް ހިޔާ ފްލެޓްގައި ޤާއިމްކުރަނީ

ކެއާ ސޮސައިޓީން ހުޅުމާލޭ ފޭސް ދޭގައި، ރިހެބިލިޓޭޝަނާއި، އިންޓަވެންޝަން ޚިދުމަތަށް އަމާޒުކޮށްގެން "ހިޔާ އެނެކްސް" ގެ ނަމުގައި ސެންޓަރެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ކެއާ ސޮސައިޓީން ބުނީ މި ސެންޓަރު ހެދުމުގެ ޢަމަލީ މަސައްކަތުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ. މި ސެންޓަރު ޤާއިމްކުރުމަށް ކެއާ ސޮސައިޓީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާރބަން ރިއަލް އެސްޓޭޓް ކުންފުންޏާއެކުއެވެ.

މި ސެންޓަރުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ އަންނަ ޖޫންމަހުގެ ފަހުކޮޅު ނިމޭވަރު ވާނެކަމަށް ކެއާ ސޮސައިޓީން ބުންޏެވެ. އަދި، މަސައްކަތް ކުރަމުންދަނީ އެންމެ ލަސްވެގެންވެސް އަންނަ އޮގަސްޓް މަހު އެ ސެންޓަރުން ޚިދުމަތް ފެށުމަށްކަމަށްވެސް ބުނެފައިވެއެވެ.

ކެއާ ސޮސައިޓީން ހުޅުމާލޭ ފޭސް ދޭގައި، ރިހެބިލިޓޭޝަނާއި، އިންޓަވެންޝަން ޚިދުމަތަށް އަމާޒުކޮށްގެން "ހިޔާ އެނެކްސް" ގެ ނަމުގައި ސެންޓަރެއް ޤާއިމްކުރުމަށް އެއްބަސްވުން-- ފޮޓޯ/ ކެއާ ސޮސައިޓީ

މި ސެންޓަރުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ކުދިންގެ ޅަފަތުގައި އެކިއެކި ހުނަރުތައް ތަރައްޤީކުރުމަށް އާރލީ އައިޑެންޓިފިކޭޝަން އަދި އާރލީ އިންޓަވެންޝަން ފޯރުކޮށްދިނުން ހިމެނެއެވެ. މިއީ މައިގަނޑު ގޮތެއްގައި 6 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގަރާމެކެވެ.

މީގެ އިތުރުން ވޮކޭޝަނަލް ޕްރޮގްރާމްވެސް އެ ސެންޓަރުން ހިންގާނެކަމަށް ކެއާ ސޮސައިޓިން ބުންޏެވެ. މިއީ ސްކޫލް ނިންމާ އުމުރުގެ ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއްކަމަށާއި، މި ޕްރޮގްރާމުގެ އަމާޒަކީ ސްކޫލް ނިންމާ ކުދިންނަށް ޢާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ތައްޔާރުކޮށްދިނުންކަމަށްވެސް ކެއާ ސޮސައިޓީން ބުންޏެވެ.

ހަމަ އެހެންމެ މި ސެންޓަރުން ތެރަޕީ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ. މިއީ ޅަފަތުގެ އުމުރު ފުރާގަޔާ އަދި ކުދިންނަށް ބޭނުންވާ އިތުރު އެހީގެ ތެރެއިން ޚާއްޞަކޮށް އެކިއެކި ތެރަޕީ ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތެކެވެ.

އަދި މީގެ އިތުރުން ސަބްޖެކްޓް ކޯޗިންގެ ޚިދުމަތްވެސް ފޯރުކޮށްދޭނެކަމަށާއި، މިއީ ސްކޫލަށް ޤަވައިދުން ދެވޭ ކުދިންނަށް އެހެންނަމަވެސް ކުއްޖާގެ ހުރި އުނގެނުމުގެ އެކި ދަތިކަމަކާހެދި އިތުރު އެހީ ބޭނުންވާ ކުދިންނަށް ވަކިވަކި މާއްދާތަކުން އެހީތެރިކަން ދިނުމުގެ ގޮތުން މުޅިން އަލަށް ހިންގަން ރާވާފައިވާ ޕްރޮގްރާމެއްކަމަށް ކެއާ ސޮސައިޓިން ބުންޏެވެ.

1998 ވަނަ އަހަރު އުފެއްދި ކެއާ ސޮސައިޓީއަކީ މުޖުތަމައުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އުފެއްދި ޖަމުޢިއްޔާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.