އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
03 Apr 2023 | 22:31
ޙައްލެއް ނުހޯދުނު، މި ސަރުކާރުގައި މަސްތުވާތަކެތި ވީ އިތުރު: ވަހީދު

2018 ވަނަ އަހަރު ވެރިކަމަށް އައުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް އެމްޑީޕީން އެކުލަވާލި ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރު ފެއިލްވެ މި ސަރުކާރުގައި މަސްތުވާތަކެތީގެ މައްސަލަތައް ވީ އިތުރުކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލަކަމށްވާ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެމްޑީޕިއިން ވަރަށް ވަރުގަދަ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މި ސަރުކާރުން އެ ސިޔާސަތު ތަންފީޒުކުރުމުގައި ފެއިލްވެފައިވާ ކަމަށާއި، ސަރުކާރަށް ބާކީ 7 ވަރަކަށް މަސް އޮތް އިރު ފެންނަމުންދާ މަންޒަރަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އިތުރުވެފައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި ހިނގާ ދައުރަށް އާ ސިޔާސަތުތަކާ އެކީގައި އެމްޑީޕީން ނިކުތީ ރާއްޖޭގައި މި ފަރުވާ ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ރާއްޖެއަށް މސްތުވާތަކެތި އެތެރެކުރަން ހުރި ދޮރުތައް އަދި މި މައްސަލައަށް، މި އާއިލާތަކަށް ތަސައްލީއެއް ހޯދައިދެވޭނެ ބައިވަރު ސިޔާސަތުތަކާއެކު. އެހެން ނަމަވެސް ދައުރުނިމެން 6 އެއްކަ 8އެއްކަ މަހަށް ވެގެން ދިޔައިރު އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ދުވަހެއް ދުވަހަށް މި މައްސަލައިގެ ހާލަތު ދަށްވަމުން ގޯސްވަމުން ދިއުން ދިޔަވާ އަޅުގަނޑުމެންގެ ސަރުކާރަށް ރަނގަޅު އެކަށީގެންވާ ނަތީޖާއެއް ނުނެރެވި މިކަން ދޫކޮށްލެވިފައި އޮތްތަން"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު 

ވަހީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން މަސްތުވާތަކެތިން އަރައިގަންނަން ބޭނުންވާ ފަރާތްތަކަށް ފަރުވާ ހަމަޖެއްސޭނެ އިންތިޒާމުތައް ގާއިމްކުރުމަކީ އެމްޑީޕީން ވަކާލާތު ކުރަމުން އައި ކަމެއް ކަމަށެވެ. 

އަދި މަސްތުވާތަކެތީގެ ވަބާގައި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައިވާއިރު، އެމީހުން އެކަމުން އަރައިގަތުމަށް އާސަންދައިންވެސް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭކަމަށެވެ. 

މިއިން އެއްވެސް ސިޔާސަތެއް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ނުދާކަން ވަހީދު ފާހަގަކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރައްވާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.