މާޒިޔާގެ ކުޅުންތެރިން ޗެރިޓީ ޝީލްޑާއި އެކު
ކުޅިވަރު
04 Apr 2023 | 02:47
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި!

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ގޮތުން މިރޭ ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު، ކްލަބް އީގަލްސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މާޒިޔާ ކާމިޔާބުކޮށްފި އެވެ.

މިއީ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ޗެރިޓީ ޝީލްޑް މެޗު މާޒިޔާ އިން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފައެވެ. އަދި މިރޭގެ މެޗުން ބަލިވި އީގަލްސް އިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ އެޓީމުގެ ހައިޝަމް ހަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް، ސްޓެފަން މިހަލޮވިޗް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ފުރަތަަމަ ހާފުގައި އީގަލްސްގެ ކުރިއަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން މާޒިޔާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، ދެ ވަނަ ހާފަށް އެޓީމުން ނުކުތީ ބަދަލަކާ އެކު އެވެ. އެގޮތުން އިސްމާއީލް އީސާގެ ބަދަލުގައި ބްރެޒިލްގެ ފޯވާޑް އިވާން ކާލޯސް ވަނީ ކުޅެން ނުކުމެފަ އެވެ.

މެޗުގެ ދެވަަނަ ހާފުގައި އީގަލްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ރިޒޭއަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. މީގެއިތުރުންވެސް އެޓީމުގެ ބްރެޒިލް ފޯވާޑް އިވާން ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ދީފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް ރެފްރީގެ އެ ނިންމުމާ މެދު އީގަލްސްގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މި މެޗުގައި އީގަލްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ޑިފެންޑަރު، ޖަހަންގިރު ބަހޯދިރު އެވެ. މިއީ މާޒިޔާގެ ޕެނަލްޓީއޭރިއާގެ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮދިން ބޯޅައެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އީގަލްސްގެ ލަނޑަށްފަހު ލީޑު ފުޅާކުރުމަށް މާޒިޔާއަށް ލިބުނު ފުރުސަތުތަކުގައި އެޓީމަށް ބޭނުންނުކުރެވުނުއިރު އީގަލްސްއަށް ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުތަކުގައި ބޭނުންހިފޭ ގޮތެއްނުވިއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.