ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
04 Apr 2023 | 18:07
ރައީސް ޔާމީންގެ އާރަށު މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި!

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާަމަލާތާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމަށް ހުށައެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ. 

އެކަން އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެކަމާއި ގުޅޭގޮތުން ޑރ ޖަމީލު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައިވެސް ވަނީ ހއިކޯޓުން ރައީސް ޔާމީންގެ ފަރާތްޕުޅުން އާރަށު މައްސަލައާއި ގުޅިގެން ހުށައެޅުއްވި އިސްތިއުފާނު ބަލައިގެންފައިވާކަމަށް ވިދާޅުވެފަ އެވެ. 

"انشاءالله ރ. ޔާމީނު މިނިިވަންވެ ވަޑައިގެން މިއަހަރުގެ އިންތިޚާބު ކާމިޔާ ކުރައްވާނެ. މިއަދު މިވަނީ ހައިކޯޓަށް އިސްތިއުނާކުރި މައްސަލަ ބަލައިގެންފައި. ތިޔަ ލޮބުވެތި އެންމެހާ ރައްޔިތުންގެ ހެޔޮ ދުޢާ ރ ޔާމީނަށް ކޮށްދެއްވާ"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލުގެ ޕޯސްޓުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގައި އަދި ޝަރީއަތުން އެ މައްސަލަ ބެލިއިރު ހަދާފައިވާ ބައެއް ގޯސްތައްވެސް ފާހަގަކުރައްވާފަ އެވެ. 

"ރައީސް ޔާމީނުގެ މައްޗަށް ދައުވާތައް އުފުލުމުގައި ޕީޖީ ވަނީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާގައިވާ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ ކޮންސްޓިޓިއުޝަނަލް އޮބްލިގޭޝަން އެއްފަރާތްކޮށްފައެވެ"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު 

އޭގެ އިތުރުން ރައީސް ޔާމިނާއި ދެކޮޅަށް ހެކިންގެ ގޮތުގައި ފާސިގުން ބޭނުންކޮށްފައިވާ ކަމަށާއި، އެއީ ކުރެވޭ ކަމެއް ނޫން ކަމަށް ޑރ ޖަމީލު ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ބަދަލެއްގެ ގޮތުން ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ބޮޑެތި ލުއިތައް ދީފައިވާކަން ވެސް ޑރ ޖަމީލު ފާހަގަކުރެއްވި އެވެ. 

"ހެކިބޭނުންކުރުމުގައި ޝަރުޢީ އަދި ގާނޫނީގޮތުން ބޮޑަތި ކުށްތައްކޮށް ފައިވާ ދެ މުޖްރިމުން އެއީ ފާސގުންކަމުގައި ޝަރުޢީގޮތުން ބެެވޭއިރުވެސް އަދީބާއި ޒިޔަތާއި ޑީލްހަދާ ގެއަށް ބަދަލުކޮށް އެމީހުންނަކީ ބޮޑު އެސެޓެއްގެ ގޮތުގައި ބަލައިގެންފަ"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު 

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފް ގައި ހުރި ކަންކަމަށް ބަލައި، އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ، އިރާދަކުރެއްވިޔާ އިސްތިއުނާފު ކާމިޔާބު ވާނެކަމަށެވެ.

އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި، ކެމްޕޭނު ކުރުމަށްވެސް އެކަށީގެންވާ މުއްދަތެއް ލިބިވަޑައިގަންނަވާނެކަމަށް ޑރ ޖަމީލު ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.