ބަންގާބާޒާރުގައި އަލިފާން ރޯވެފައި
ހަބަރު
04 Apr 2023 | 23:41
ބަންގްލަދޭޝްގެ އަންނައުނު މާކެޓެއްގައި ރޯވެ އަނދައިފި

އަވައްޓެރި ބަންގްލަދޭޝްގައި ހުންނަ އަންނައުނު މާކެޓެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

ހާހަކަށްވުރެ ގިނަ އަންނައުނު ފިހާރަ ހުންނަ މި މާކެޓުގައި ރޯވެ ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެއްވެސް މީހަކު މަރުވެފައިވާ ކަމަކަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ބަންގާބާޒާރުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް އެތައްސަތޭކަ ފަޔަރފައިޓަރުންނަކާއި އެތައް އަރމީ އޮފިސަރުންނެއް ވަނީ މަސައްކަތް ކޮށްފައެވެ. އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ޖީއެމްޓީ ގަޑިން 6:45 ގައެވެ. އަލިފާން ގަނޑު ރޯވެ 6 ގަޑިއިރު ވަންދެން އަނދައިފައިވެއެވެ.

މިއަލިފާނުގެ ހާދިސާއާއި ގުޅިގެން އެ މާރކެޓްގައި ފިހާރަ ހިންގާ ފަރާތްތަކަށް ކުރިމަރިމަތިވެފައިވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކަމަށް އެ މާރކެޓްގައި ފިހާރަ ހިންގާ ފަރާތްތަކުން ވަނީ ބުނެފައެވެ. ކުރިއަށް އޮތް ފިޠުރު ޢީދަށް މުދާ ވައްދައި ފިހާރަތައް ތައްޔާރު ކޮށްފައި އޮއްވައި މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން ވިޔަފާރިވެރިން ތިބީ މުޅިން މާޔޫސްވެފައެވެ.

ބަންގާބާޒާރު އެސޯސިއޭޝަންގެ އޮފިޝަލަލް ޑީއެމް ހަބީބް އަލްޖަޒީރާއަށް ބުނެފައިވަނީ 3000 އެއްހާ ފިހާރަ ހަދައިފައި ހުންނަނީ ލަކުޑިއާއި ޓިނުން ކަމަށެވެ. އެ ހުރިހާ ފިހާރައެއް އަނދައި ހުލިވެފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ.

"މަރކެޓް މިވަގުތު އޮތީ ރެޑީމޭޑް ހެދުން ތަކުން ފުރިފައި، ބައެއް ވިޔަފާރިވެރިން އިތުރު ސްޓްކްވެސް ވައްދާފަ ހުރީ، ޢީދަށް ދެހަފްތާއެއް ހާ ދުވަސް މިއޮތީ ދެން، ކޮންމެއަކަސް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން މިވަނީވެފައި، ލިބުނު ގެއްލުން އަންދާޒާކޮށްލާފަވެސް ބުނާކަށް ނޭނގެ" ހަބީބް ބުނެފައިވެއެވެ.

އެއްބައި ވިޔަފާރިވެރިން ބުނެފައިވަނީ ޢީދަށް މުދާ ވެއްދުމަށް އެމީހުން ލޯނު ނަގައިގެން މުދާ ގަނެ ފިހާރައަށް ވެއްދިކަމަށެވެ. އަދި އެހުރިހާ ފައިސާއެއް ގެއްލުނީ ކަމަށް ބުނެފައިވެއެވެ.

ބަންގާބާޒާރުގައި އަލިފާން ރޯވާން މެދުވެރިވި މައިގަނޑު ސަބަބެއް އަދި ބަންގްލަދޭޝްގެ ކަމާއިބެހޭ ފަރާތްތަކަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.