ވެޓިން އާއި ޔާސްމީން ބެގްޑަސް
ހަބަރު
04 Apr 2023 | 23:51
ތުރްކިޔޭ ބިންހެލުމުގައި އާއިލާއާއި ދެތަންވި ކުއްޖަކު މަންމައާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައިބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުން ބިންހެލުމަށް 128 ގަޑި އިރުވިފަހުން ސަލާމަތް ކުރި ތުއްތު ކުއްޖަކު، ހާދިސާއަށް 54 ދުވަސް ފަހުން އެކުއްޖާގެ މަންމަ އާއި ހަވާލުކޮށްފިއެވެ.

ތިން މަހާއި ބައިގެ ވެޓިން ބެގްޑަސް ސަލާމަތްކޮށްފައިވަނީ ހަޓޭޔާ ޕްރޮވިންސްއިންނެވެ. ސަލާމަތް ކުރުމަށް ފަހު އެކުއްޖާ ވަނީ އިތުރު ފަރުވާ އަށް އަންކާރާ ގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިފައިވެއެވެ. ވެޓިންގެ ނަމާއި އޭނާ އާއި ގުޅޭ މައުލޫމާތު ސާފުވެފައި ނުވާތީ ހެލްތް އޮފިޝަލުން އެކުއްޖާއަށް ނަންދީފައިވަނީ "ގިޒެމް" ގެނަމުންނެވެ. މާނައަކީ މިސްޓްރީއެވެ.

ތުރްކިޔޭގެ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް މިނިސްޓަރ ދެރްޔާ ޔެނިކް ވަނީ ވެޓިންގެ މަންމަ ފަރުވާ އަށް އެނދުމަތިކޮށްފައި އޮތް އަދާނާ ޕޮރޮވިންސްގެ ހޮސްޕިޓަލަށް ގޮސް އެކުއްޖާގެ މަންމް ޔާސްމީން ބެގްދަސް ގެ އަތަށް ކުއްޖާ ހަވާލުކޮށްފައެވެ.

ވެޓިން އާއި އޭނާގެ މަންމަ އެއްތަންކުރެވިފައިމިވަނީ ތުރްކިޔޭގެ ސަރުކާރުން ހެދި ޑީއެންއޭ ޓެސްޓު ތަކަށް ފަހު އޭގެ ނަތީޖާއަށް ބަލައިގެނެވެ. ވެޓިންގެ ބައްޕަ އާއި އެދެމަފިރިންގެ އަނެއް ދެ ފިރިހެން ކުދިން ވަނީ ބިންހެލުމުގެ ސަބަބުން މަރުވެފައެވެ.

"މިތުއްތު ކުއްޖާ އަކީ ހަޤީޤަތުގައިވެސް "މިރަކަލް" އެއް، އެހާ ގިނަ ވަގުތު ފަހުން އެކުއްޖާ ސަލާމަތް ކުރެވުމާއި، ސިއްޙީ އެއްވެސް މައްސަލައެއް އެކުއްޖާ އަށް ދިމާވެފައިނެތުމަކީ އަޖައިބެއްފަދަ ކަމެއް، ގެޒިމް އަކީ މިހާރު އަހަރެމެންގެ ވެސް ދަރިއެއް" އެމިނިސްޓްރީގެ ސަޕޯޓު އެދެމައިނަށް އަބަދުވެސް ލިބޭނެ ކަން ފާހަގަ ކޮށް ވާހަކަ ދައްކަމުން ދެރިޔާ ޔެނިކް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.