ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
05 Apr 2023 | 02:43
ރޮނާލްޑޯ އާއި ޓަލިސްކާގެ ލަނޑުތަކުން އަލް ނަސްރަށް ފަސޭހަ މޮޅެއް!

އިންޓަނޭޝަނަލް ބްރޭކަށް ފަހު ސައުދީ ޕްރޮފެޝަނަލް ލީގުގެ ކުޅުން މިރޭ އަލުން ފެށިއިރު، ރަށުން ބޭރުގައި އަލް އަދަލްހް އާއި ވާދަކުރި މެޗު ފަސޭހަކަމާއެކީ 5-0 ގެ ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ދެވަަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައި އަލް ނަސްރުގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ޓަލިސްކާއެވެ. މިއީ އެޓީމުގެ ޑިފެންޑަރު އަލް އަމްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ނަސްރުގެ ތިން ވަނަ ލަނޑު ޓަލިސްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި އަލް ނަސްރުއާއި ގުޅުނުފަހުން ލީގުގައި ކުޅުނު 9 މެޗުގައި ރޮނާލްޑޯ އެޓީމަށް ކާމިޔާބުކޮށްދިނީ 11 ވަނަ ލަނޑެވެ.

މި މެޗުގައި އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޓަލިސްކާ އެވެ. މިއީ ލީގުގައި ކުޅުނު 16 މެޗުގައި ބްރެޒިލްގެ މިޑްފީލްޑަރު ކާމިޔާބުކޮށްދިން 16 ވަނަ ލަނޑެވެ.

އަލް ނަސްރުގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރ އައިމަން ޔަހުޔާ އެވެ. 

މިރޭގެ މެޗުގެ ލިބުނު ތިން ޕޮއިންޓާއެކު 22 މެޗުން ލިބުނު 52 ޕޮއިންޓާއެކު އަލް ނަސްރު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައި އެވެ. އެއްވަނައިގައި އޮތީ 22 މެޗުން 53 ޕޮއިންޓް ހޯދާފައިވާ އަލް އިއްތިހާދު އެވެ. އެޓީމު ވަނީ މިރޭ އަމިއްލަ ދަނޑުގައި ދަމަކް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިރޭގެ މެޗުން ބަލިވި އަދަލްހް 22 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.