ޗެލްސީ އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
05 Apr 2023 | 03:09
ލިވަޕޫލް އަތުން ޗެލްސީއަށް ލިބުނީ އެންމެ ޕޮއިންޓެއް!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު، ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ މަގާމުން ވަކިކުރި ފަހުން އެޓީމު ކުޅުނު ފުރަތަަމަ މެޗެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ޗެލްސީގެ ފަރާތުން ރަގަޅު އެޓޭކިންގް ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ހަ ވަނަ މިނެޓުގައި ޗެލްސީގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މެޓްރޯ ކޮވަސިކް ފޮނުވާލި ހަމަލާ ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޯނާޓޭ ބްލޮކް ކުރީ ގޯލު ރޮނގުމަތިންނެވެ.

ފުރަތަަމަ ހާފުގެ 12 ވަނަ މިނެޓުގައި ޗެލްސީގެ ޖަރުމަން މިޑްފީލްޑަރު ކައި ހާވަޓްޒް ފޮނުވާލި ބާރު ހަމަލާ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ދިފާއުކުރިއިރު، ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި ޗެލްސީގެ އިގިރޭސި ޑިފެންޑަރު ރީސް ޖޭމްސް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެބޯޅަ ޖޭމްސް އަށް ލިބުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިއެއް އޮފްސައިޑް ވެފައިވާކަމަށެވެ.

ދެވަަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ކޮވަސިކްއަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ މާ މަތިން ދިޔައިރު، 50 ވަނަ މިނެޓުގައި ކައި ހާވަޓްޒް ވަނީ އަނެއްކާވެސް ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިފަހަރުވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ކައި ހާވަޓްޒް އަތުގައި ޖެހިފައިވާތީ އެއީ ރަގަޅު ލަނޑެއް ނޫންކަމަށެވެ.

ދެވަަނަ ހާފުގެ ފަހުކޮޅު ލިވަޕޫލުން ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ރަގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް މި މެޗުގައި ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މި ދެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 4 މެޗު އެއްވަރުވެގެން ނިމިފައިވާ އިރު، އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު 28 މެޗުން ލިވަޕޫލަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު 29 މެޗު ކުޅެގެން ޗެލްސީއަށް 39 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.