ފްރެއިބާގް އާއި ބަޔާން މިއުނިކް ވާދަކުރި މެޗަށްފަހު ބަޔާންގެ ކުޅުންތެރިން ދަނޑުން ފައިބަނީ
ކުޅިވަރު
05 Apr 2023 | 03:42
ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ކަޓައިފި!

ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ބަލިވެ ބަޔާން މިއުނިކް މުބާރާތުން ކަޓައިފި އެވެ. މި މެޗު ފްރެއިބާގް އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 19 ވަނަ މިނެޓުގައި ބަޔާން މިއުނިކަށް ލީޑު ހޯދައިދިނީ އެޓީމުގެ ފްރާންސް ޑިފެންޑަރު ދަޔޯޓް އަޕަމެކާނޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފްރެއިބާގަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފިލްޑަރު ނިކޮލަސް ހޮފްލަރ އެވެ. ފްރެއިބާގްގެ ލަނޑަށްފަހު ލީޑު ނެގުމަށް ބަޔާންގެ މިޑްފީލްޑަރު ތޯމަސް މުލާއަށް ވަނީ ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭ ގޮތްނުވެފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބަޔާން މިއުނިކުންނެވެ. ނަމަވެސް މިހާފުގައި ވެސް ދޭތެރެދޭތެރެއިން ފްރެއިބާގް އިން ދިޔައީ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. މިގޮތުން ދެވަަނަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް ލޫކަސް ހޯލަރ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

މި މެޗުން ބަލިވެ ބަޔާން މުބާރާތުން ކެޓިއިރު، އެޓީމުގެ ކޯޗު ޓުޗެލް ޓީމާއި ހަވާލުވެ ކުޅުނު ފުރަތަަމަ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވެ ލީގުގެ އެއްވަނަ މަގާމު އަލުން އެޓީމަށް ވަނީ ހޯދައިދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.