ބެންޒީމާ މިރޭގެ މެޗުގައި ހެޓްރިކް ހެދުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
06 Apr 2023 | 03:14
ބާސެލޯނާގެ ދަނޑުގައި ރެއާލް މެޑްރިޑުން އެޓީމު ލަދުގަންނަވާލައިފި!

ކޮޕާ ޑެލްރޭ ސެމީ ފައިނަލުގެ ދެވަަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ބާސެލޯނާ 4-0 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން އެޓީމު ލަދުގަންނަވާލައިފި އެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގު ބާސެލޯނާ އިން 1-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމުން މިރޭގެ މެޗު އެއްވަރު ކޮށްލައިގެން ވެސް އެޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން އެޓީމު މޮޅުވެފައި އޮތުމުން މިރޭގެ މެޗު ބާސެލޯނާ އިން ފެށީ އިތުބާރާއި އެކުގައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބާސެލޯނާ އިންނެވެ. ނަމަވެސް ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލް މެޑްރިޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން ރެއާލް މެޑްރިޑުން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް ބާސެލޯނާ ޕްރެޝަރަށް ވައްޓާލާފައެވެ. މި ގޮތުން އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ދެވަަނަ ހާފްގެ 50 ވަނަ މިނެޓުގައި ލޫކަ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންޒީމާ އެޓީމުގެ ދެވަަނަ ލަނޑު ކާމިޔާބުކޮށްދިން އިރު 58 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ބެންޒީމާ އެވެ.

ރެއާލްގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދީ ބެންޒީމާ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިރޭގެ މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ލީގުގައި މިދެޓީމު ދެމެދުގައި 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މުބާރާތުގެ ފައިނަލުގައި ރެއާލް މެޑްރިޑް ވާދަކުރަންޖެހެނީ ސެމީގައި އެތްލެޓިކް ބިލްބާއޯ ބަލިކޮށް ފައިނަލުން ޖާގަ ހޯދި އޮސަސޫނާ އާއި ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.