ރައީސް ޞާލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Apr 2023 | 12:13
ފިކުރު ތަފާތުވެގެން ބިރެއް ނެތް، ރައީސްގެ ސިޔާސަތާއި ދެކޮޅިއްޔާ ވަކިކުރާނަން: ސަރުކާރު

ސިޔާސީ ގޮތުން ފިކުރު ތަފާތުވެގެން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނޯންނާނެކަމަށާއި އެހެން ނަމަވެސް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސިޔާސަތާއި ދެކޮޅު މީހުން މަޤާމުތަކުން ވަކިކުރެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ. 

ސަރުކާރާއި، ސަރުކާރު ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުންތަކެއް މިފަހުން ވަނީ މަޤާމުން ވަކިކުރައްވާފަ އެވެ. 

އެކަމާއި ގުޅޭގޮތުން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މި ސަރުކާރުން އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށެވެ. 

އެހެން ނަމަވެސް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރަނީ ރައީސުލްޖުމްޙޫރިއްޔާއަށް ޤާނޫނު އަސާސީން ލިބޭ ބާރުގެ ބޭނުން ހިއްޕައވައިގެން ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށްވާއިރު، މަޤާމުތަކުގައި ތިއްބަވާ އެ ސިޔާސަތުތަކަށް ފާޑުވިދާޅުވާނަމަ، އެފަދަ ފަރާތްތަކަށް ސިޔާސަތު ތަންފީޒު ނުކުރެވޭނެކަން އެއީ ޤަބޫލުކުރަން ޖެހޭ ކަމެއްކަމަށް މިއުވާން ވިދާޅުވި އެވެ. 

އަދި މަޤާމުތަކުގައި ތިއްބަވާ ރައީސްގެ ސިޔާސަތާއި ދެކޮޅަށް ފާޑުވިދާޅުވާނީ ސިޔާސީގޮތުން ކުފޫ ހަމަނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު މިއުވާން ވިދާޅުވީ އެފަދަ ބޭފުޅުން މަޤާމުތަކުން ވަކިކުރެވޭނެ ކަމަށެވެ. 

"އެ މަގާމުތަކަކީ (ސިޔާސީ މަގާމުތަކަކީ) އިއުލާނުކޮށްގެން ވަޒީފާގެ އެއްބަސްވުން ހެދިގެން ނެގޭ މަގާމުތަކެއް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ވަކިވެސް ކުރެވޭނެ ނުވަތަ ހަވާލުވެސް ކުރެވޭނެ. އަނެއްކަމަކީ ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފަ، ރޭގަނޑު އެހެން ފިކުރެއްގެ މީހުންނާއެކު ނިކުމެ ހެނދުނު ތަންފީޒުކުރަން އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަދައްކާކަމަށް ވާނަމަ އެއްގޮތުން ދަންނަވާނީ ސިޔާސީ ކަންކަމަށް ލޯނުހުޅެވެނީއޭ، މަޤާމުގައި އެބޭފުޅުން (ބޭތިއްބުމުގެ) ބޭނުން އެ ކެނޑެނީއޭ"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު

އެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އާންމު ވަޒީފާތަކުގައި ތިއްބަވާ ފަރާތްތަކަށް ވަޒީފާއާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާގެ ރައްކާތެރިކަމާއި ކަށަވަރުކަން ސަރުކާރުން ޔަގީންކޮށްދޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރު ސަރުކާރުން ނުދައްކާނެ ކަމަށެވެ. 

މިއުވާން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ނިކުތުމަށް ނިންމުމާއި ގުޅިގެން، އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ފަރާތްތަކާއި ދޭތެރޭ އަމަލުކުރާނެ ގޮތެއް ސަރުކާރުން ޖޭޕީއާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. 

ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތްޕުޅު ރައީސް ޞާލިހު ކުރައްވަމުން ގެންދަވާކަމަށާއި، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށް މުއުވާނު ވިދާޅުވި އެވެ. 

ކޮމެންޓް
މުދައްބިރުއްދައުލާ
ޖެހިއްޔާ ޖަހާނަން، ކިޔާން ނުތިބެ ހަމަ މިހާރުން މިހާރަށް ވަކިކުރޭ.
06 Apr 2023
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.