އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝުކޫރު--ފޮޓޯ/ ވޮއިސް
ހަބަރު
08 Apr 2023 | 06:30
މޫނު ބުރުގާ އެޅިޔަސް ތަފާތުކުދިން ތަކެއްގެ ގޮތަށް ޢަމަލުކުރެވިގެންނުވާނެ: ޢާޒިމާ

މޫނު ބުރުގާ އެޅިޔަސް އެކުދިންނާއި މެދު ތަފާތު ކުދިންތަކެއްގެ ގޮތަށް ޢަމަލުކުރެވިވެގެން ނުވާނެ ކަމަށް ޢަރަބިއްޔާ ސްކޫލްގެ މޫނުބުރުގާ އަޅާ ކުދިން ގެ ވަކީލާ އަލްއުސްތާޒާ ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޢާޒިމާ މިފަދައިން ވިދާޅުވީ މޫނުބުރުގާ މައްސަލަ އާއި ގުޅިގެން އޭނާ ވޮއިސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން ޢާޒިމާ ވިދާޅުވީ އޭނާ އާއި ހިސާބަށް މައްސަލަ މީގެ ދެތިން މަހެއްހާ ދުވަސް ކުރިން އައިރު މޫނު ބުރުގާ އަޅާ ކުދިންނާއި ބެލެނިވެރިންގެ ތެރެއިން މޫނު ބުރުގާ އަޅާ އަންހެން ބެލެނިވެރިންނާއި މެދު ކަންކުރާ ގޮތާއި މެދުގައި ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.

އެގޮތުން ރަސްމީ ބައްދަލުވުންތަކުގައި އަންހެން ބެލެނިވެރިންގެ ތެރެއިން މޫނު ބުރުގާ އަޅާ ބެލެނިވެރިންނާއި ދިމާއަށް އެ ބެލެނިވެރިންގެ އަޑަކީ އައުރައަކަށް ވާއިރު ތަންތަނަށް ގޮސް އަޑު އުފުލަނީ ކީއްވެތޯއޭ ބުނެ ސުވާލުކޮށްފައި ވާކަމަށެވެ.

މިމައްސަލައިގައި ބެލެނިވެރިން އޭނާ އާއި ފުރަތަމަ ބައްދަލު ކުރީ ޤާނޫނީ ލަފަޔަކަށް އެދިގެން ކަމަށާއި، މިމައްސަލައިގައި އޭނާ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ކުދިންނަކީ ތަފާތު ކުދިން ތަކެއްގެ ގޮތުގައި އިހްސާސު ވާފަދައިން އެކުދިންނާއި މެދު ޢަމަލުކުރާ ޢަމަލުކުރުން ކަމަށެވެ.

އެގޮތުން އެކުދިން ސްކޫލަށް ހާޒިރުވުމުން ކައުންސިލަރ ކޮޓަރިއަށް ގެންގޮސް އެކުދިންގެ ގޭތެރޭގެ ދިރިއުޅުމާއި މެދު ސުވާލުކޮށް ހަދާ ކަން އެނގިފައި ވާކަމަށެވެ. އަދި އަތްތިލަ އަކީ އައުރައަކަށް ވާއިރު މޫނު ނިވާކުރާއިރު އަތްތިލަ ނިވާ ނުކުރަނީ ކީއްވެތޯ އާއި މިފަދަ ސުވާލުތައް ކުރާކަން އެނގިފައިވާ ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

އަދި ސްކޫލްގެ އިމްތިހާނު ހޯލުގައި ކުދިން އިމްތިހާނު ހަދަން ތިއްބައި މާސްކުން މޫނު ނިވާ ކޮށްގެން ތިބޭ އަންހެންކުދިންގެ މާސްކު ނަގުވައި، އިސް ދަށަށް ޖެހުމުން އިސް އުފުލަން މަޖުބޫރުކުރުވާ، ރަސްމީ ބައްދަލުވުންތަކުގައި ދެން ޢަރަބިއްޔާ ކުދިން ފެންނާނީ ސީރިޔާ ގައި ތިއްބައި ކަމަށް ބުނުމާއި، އެކުދިން ބޮޑުވެގެން ވާން ބޭނުންވަނީ ޓެރަރިސްޓުންނަށް ތޯ ސުވާލު ކޮށް ހަދައިފައި ވާކަމަށް ޢާޒިމާ ވޮއިސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވިދާޅުވިއެވެ.

"ސަރުކާރުގެ ކަންބޮޑުވުން ތަކެއް ހުރެދާނެ، ހުންނާނެ އެކޭ ނޫން، ހުރުން "ލެޖިޓަމޭޓް" އެކޭވެސް ނޫން، ހުރެދާނެ، އެކަމު ހުއްޓަކަސް އެކުދިން ގެންގޮސްގެން ކުދިން ކައިރީގައި ހެއްޔޭ މިފަދަ ސުވާލުތައް ކުރަންވީ، އޭރަށް ކުދިން ކޮންކަހަލަ އިހްސާސެއްތޯ  ސްކޫލްގަ ކުރަން ވީ، ސްކޫލަށް ދިޔުމާއި މެދުގައި ކުރަންވީ، ސަރުކާރުގެ ކަންބޮޑުވުންތަކެއް ސްކޫލްގެ ކަންބޮޑުވުން ތަކެއް ހުރިނަމަ އެކުދިންގެ ގެޔަށް ސޯޝަލް ވޯކަރަކު ފޮނުވައިގެން ބެލެނިވެރިންނާއި ސުވާލު ކުރެވިދާނެ"

ޢާއިޝަތު ޢާޒިމާ ޝަކޫރު

ކޮންމެ ސަބަބަކާއި ހުރެ އެކުދިން މޫނު ބުރުގާ އެޅިނަމަވެސް އެކުދިންނާއި މެދު ތަފާތު ބައެއްގެ ގޮތުގައި ޢަމަލުކުރެވިގެން ނުވާނެ ކަމަށް ޢާޒިމާ ވިދާޅުވިއެވެ. ޢަރަބިއްޔާ ކުދިންނަކީ އަޚްލާޤު ރަނގަޅު ކުށްތަކަށް އަރައިގަތުން މަދު ބައެއްގެ ގޮތުގައި ފެންނައި އިރު އެކުދިންނަސް މިފަދަ ގޮތަކަށް އަމާޒު ކުރެވެންވީ ކީއްވެތޯ ޢާޒިމާ ސުވާޅުކުރެއްވެވިއެވެ.

ޢަރަބިއްޔާ ގައި ކިޔަވާ އަންހެން ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންގެ ތަޢުލީމު އުގެނުމުގެ ހައްޤު ގެއްލިދާތީ އެހައްޤު ކަށަވަރުކޮށްދިނުމަށް އެކުދިންނާއި ބެލެނިވެރިންގެ ފަރާތުން ވަކާލާތު ކުރައްވާނީ ޢާޒިމާއެވެ. އެކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނޭ ގޮތައް ވަގުތީ އަމުރެއް ހޯދުމަށް މިހާރު ވަނީ ކޯޓަށް ހުށައަޅައިފައެވެ. އަދި މިމަހުގެ 10 ވަނަ ދުވަހަށް އެމައްސަލަ ވަނީ ކޯޓުގައި ތާވަލު ކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.