ފްރޭންކް ލަމްޕާޑް
ކުޅިވަރު
06 Apr 2023 | 19:30
ޗެލްސީގެ ކޯޗަކަށް އަނެއްކާވެސް ލަމްޕާޑް!

ޗެލްސީގެ ކޯޗުކަމުގެ މަގާމަށް، އެކުލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ދެވަަނަ ފަހަރަށް ހަމަޖައްސައިފިއެވެ. ނަމަވެސް މިފަހަރު އޭނާ ޗެލްސީ އާއި ހަވާލުވި މިސީޒަނުގެ ނިޔަލަށެވެ.

ގްރަހަމް ޕޮޓާ މަގާމުން ވަކިކުރި ފަހުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް އާއި ވާދަކޮށް އެއްވަރު ވެފައިވާއިރު، ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެޓީމު އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ވުލްވްސް އާއި ދެކޮޅަށެވެ.

2021 ވަނަ އަހަރު ޗެލްސީ އިން ލަމްޕާޑް ދޫކޮށްލުމުން އެވަޓަންގެ ކޯޗުކަމާއި ހަވާލުވެ މިދިޔަ ސީޒަނުގައި އޭނާ ވަނީ އެކުލަބު ރެލިގޭޝަން ސަލާމަތްކޮއްދީފައެވެ. ނަމަވެސް މި ސީޒަނުގައި ނަތީޖާތައް ދައްވެ މިއަހަރުގެ ޖެނުއަރީމަހު އެވަޓަން އިން ވަނީ އެކުލަބުގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފައެވެ.

މިސީޒަނުގެ ދަށް ނަތީޖާތަކެއްނެރެމުން އަންނަ ޗެލްސީ މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ 11 ވަނައިގައެވެ. އެފްއޭ ކަޕްގެ ތިންވަނަ ބުރުން އެޓީމު ކަޓާފައިވާ އިރު މިސީޒަނުގައި އެޓީމުގެ ނަތީޖާތައް އެންމެ ރަނގަޅީ ޗެމްޕިއަންސްލީގުގައެވެ.

ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ ބުދަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ޗެލްސީ ނުކުންނައިރު، ޗެލްސީގެ ދަނޑުގައި މިދެޓީމު ކުޅޭ ދެވަަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.