ސަޢުދީ އާއި އިރާންގެ ޚާރިޖީ ވަޒީރުން ޗައިނާގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން
ހަބަރު
06 Apr 2023 | 21:47
އިރާން އާއި ސަޢުދީގެ ފޮރިން މިނިސްޓަރުން ބައްދަލުކޮށްފި

ދެޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހި ކުރުމަށް އިރާން އާއި ސަޢުދީޢަރަބިއްޔާގެ ފޮރިންގ މިނިސްޓަރުން ބައްދަލުކޮށްފިއެވެ.

7 އަހަރަށް ފަހު އިރާން އާއި ސަޢުދީޢަރަބިއްޔާގެ އިސްވެރިންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުން ބޭއްވިފައިވަނީ ޗައިނާގެ ބެއިޖިންގައެވެ.

ސަޢުދީ ސަރުކާރުން ގެ ފަރާތުން ހިންގާ މީޑިއާ އަކުން ވަނީ އެމީޑިއާގެ ޓްވިޓާރ ހެންޑްލްގައި ސަޢުދީގެ ފޮރިން މިނިސްޓަރ އަމީރް ފައިސަލް ބިން ފަރްހާން އާއި އިރާންގެ ފޮރިން މިނިސްޓަރ ހުސެއިން އަމީރް ޢަބްދުއްލިހްޔާން އާއި ދެމެދުގައި ޗައިނާގައި ބޭއްވުނު ބައްދަލުވުމުގެ ވިޑީއޯ ހިއްސާ ކޮށްފައެވެ.

ދެ ޤައުމުގެ ފޮރިންމިނިސްޓަރުންގެ ދެމެދުގައި ދެކެވުނު ވާހަކަ ތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 

ދެޤައުމުގެ ދެމެދުގައި ހީނަރުވެފައިއޮތް ގުޅުން އަލުން ބަދަހިކޮށް އެގުޅުން އައު މަންޒިކަށް ގެންދިޔުމުގެ ވާހަކަތައް އިރާން އާއި ސަޢުދީ އިން ފެށީ މާޗް މަހުގެ ތެރޭގައެވެ. އޭރު ކުރެވުނު މަޝްވަރާ ތަކުގެ ތެރެއިން ދެމަސް ދުވަސް ތެރޭގައި ދެޤައުމުގައި ޑިޕްލޮމެޓިކް މިޝަންތައް ގާއިމް ކުރުން ހިމެނެއެވެ.

އިރާން އާއި ސަޢުދީ އާއި ދެމެދު އުފެދިފައި އޮތް ހަމަނުޖެހުން ތަކުގެ ސަބަބުން ގަލްފް ރީޖަން ގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އިރާންގެ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ އިން ބުނެފައިވަނީ ދެޤައުމުގެ ފޮރިން މިނިސްޓަރުންގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ދެ ޤައުމުގައި އަލުން އެމްބަސީތައް ހުޅުވުމާއި މެދުގައި ކަމަށެވެ. އިރާން އާއި ސަޢުދީޢަރަބިއްޔާ އާއި ދެމެދު އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު ކުޅެފައިވަނީ ޗައިނާއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.