ކުރީގެ ފޮރިންގ މިނިސްޓަރ އަހްމަދު ޝަހީދު
ހަބަރު
06 Apr 2023 | 22:53
ޔުނިފޯމް ކޯޑަކަށް ވުރެ ބެލެނިވެރިންނާއި ދަރިވަރުންގެ ހައްޤުތަކަށް ދޭ އިސްކަން ބޮޑުވާންޖެހޭ: ޝަހީދު

އެޑިޔުކޭޝަން މިނިސްޓްރީ އިން ހަދާ ޔުނިފޯމް ކޯޑަކަށްވުރެ ބެލެނިވެރިންނާއި ދަރިވަރުންގެ ހައްޤުތަކަށް ދޭ އިސްކަން ބޮޑުވާން ޖެހޭ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ އަދި ކުރީގެ ޔޫއެން ރެޕަޓުއާ އަހްމަދު ޝަހީދު ބުނެފިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ދާއިރު މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާ ދަރިވަރުންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަން އެންގުމުން ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު ޢާޒިމާ ޝުކޫރު ވަނީ ޖެންޑަރ މިނިސްޓްރީ އަށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.

ޖެންޑަރ އަށް އެކަންކަން ހިއްސާ ކުރެވުނު ޚަބަރުގެ ލިންކަކާއި އެކު ކޮށްފައިވާ ޓްވީޓެއްގައި ޝަހީދު ބުނެފައިވަނީ "ބުރުގާ މަނާ ކުރުމަށް ސަރުކާރަށް ދެއްކޭނީ އެންމެ ވާހަކަ އެއް، "ބެސްޓް އިންޓްރެސްޓޤ އޮފް ޗައިލްޑް"، އެހެން ނަމަވެސް އެއީ ބުރުގާ އެޅުމުން ގެއްލުމެއް ވާކަން ސާބިތު ކޮށްދެވޭނަމަ" މިހެނެވެ.

ޢަރަބިއްޔާ އަށް ކިޔަވަން ދާ އަންހެންކުދިން ގެތެރެއިން މަދު ކުއްޖަކު މޫނު ނިވާކޮށްގެން ސްކޫލަށް ދާތީ އެޑިޔުކެޝަނުންނާއި ސްކޫލްގެ އިދާރާއިން ދަނީ އެކަން މަނާކޮށް ސްކޫލަށް އަންނަން ބޭނުންނަމަ މޫނު ބުރުގާ ނެގުމަށް އަންގައިފައެވެ. މިމައްސަލަގައި އެ ސްކޫލްގެ ބެލެނިވެރިން ޤާނޫނީ ލަފައަކަށް އެދި ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝުކޫރާއި ބައްދަލު ކުރިއެވެ.

މިހާރު އެޑިޔުކޭޝަނުން އެކުދިންނަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުނުވުމަށް އެންގުމާއި އެކު، އެކުދިނަށް ގެއްލެމުންދާ ތައުލީމު ހާސިލް ކުރުމުގެ ހައްޤު ހޯދުމަށް އެކުދިން މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިޔުމުގެ ވަގުތީ އަމުރެއް ހޯދުމަށް ވަނީ ކޯޓަށް ހުށައަޅައިފައެވެ. އަދި މިމައްސަލަ މިމަހުގެ 10 ވަނަ ދުވަހަށް ވަނީ ތާވަލު ކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.