ރައީސް ނަޝީދު އަދި ރައީސް ވަހީދު ސައުދީ އަރަބިއްޔާއިން ދެއްވި ރޯދަ ވިއްލުމުގައި - ފޮޓޯ: މަޖިލިސް
ހަބަރު
07 Apr 2023 | 10:25
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް ރައީސް ޑރ.ވަހީދާ އެކު އެއްމޭޒަކުން!

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން  ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި އޭރު ހުންނެވި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާ އެއް މޭޒަކުން ބައްދަލު ވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ޑރ.ވަހީދު ބައްދަލުވީ ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އިއްޔެ ދެއްވި ރޯދަ ވީއްލުމަކުންނެވެ. މި ރޯދަ ވީއްލުމުގައި މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ރޯދަ ވީއްލުމާއި ގުޅޭ ފޮޓޯތައް މަޖިލީހުން މީސްމީޑިއާގައި ހިއްސާކޮށްފައިވާއިރު ރައީސް ނަޝީދާއި، ރައީސް ޑރ.ވަހީދު އިންނެވީ އެއް މޭޒެއްގައި ކައިކައިރީގައެވެ. އަދި ދެ ބޭފުޅުންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. އެއްވެސް ކަހަލަ ސިޔާސީ ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް ދެ ބޭފުޅުންގެ މެދުގައި މިހާރު އޮތް ކަމަށް ފެންނަ ފެނުމުން ހީނުވާކަމަށް ފޮޓޯއަށް ކޮމެންޓު ކުރި މީހުންވެސް ބުނެފައިވެއެވެ. 

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ދެއްވަން މަޖުބޫރުވީ ބަޣާވާތަކުން ކަމަށާއި އެބަޣާވާތުގައި އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ނައިބު ރައީސް، ރައީސް ވަހީދު ކަމަށް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް މެންބަރުން ވަނީ އެތައް ފަހަރަކު ތުހުމަތު ކުރައްވާފައެވެ.

އެފަހުން 2013 ގައި ރިޔާސީ އިންތިހާބުގެ ބަހުސްގައިވެސް ދެ ބޭފުޅުން އެއްތަންވެފައި ވާއިރު އެ ބަހުސް ނިންމުމަށްފަހު ކެންޑިޑޭޓުންނާއި ސަލާމް ކުރެއްވި އިރުވެސް ރައީސް ނަޝީދު ރައީސް ޑރ. ވަހީދާއި ސަލާމް ނުކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް