ޞަފާ ކުންފުނިން ކުރިން ޢުމްރާ އަށް ދިޔަ ބައެއް
ހަބަރު
08 Apr 2023 | 05:12
ފްލައިޓެއް ޗާޓަރުކޮށް ޞަފާގެ އުމްރާވެރިން ފުރުވާލަނީ

އައް ޞަފާ ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މި ރަމަޞާން މަހު ޢުމްރާއަށް ދިއުމަށް ހަމަޖެހުނު ޢުމްރާވެރިންގެ ވިސާ ހަމަނުޖެހުުނު ކަމަށްބުނެ ދަތުރު ކެންސަލް ކުރުމަށްފަހު، ފްލައިޓެއް ޗާޓަރުކޮށް އެ ޢުމްރާވެރިން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ. 

ޞަފާ އިން، މި ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް 180 މީހަކު ފައިސާ ދައްކައި ފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ގްރޫޕް ފުރުމަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ވިސާ ހަމަނުޖެހޭތީ ދަތުރު ކެންސަލް ކުރި ކަމަށް ޞަފާ އިން ވަނީ ޢުމްރާ ވެރިންނަށް އަންގައިފައެވެ. 

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 1444 ވަނަ އަހަރުގެ ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާ ދަތުރު ކެންސަލްކުރުމަށް އެކުންފުނިން ނިންމި ނިންމުމަކީ އެމިނިސްޓްރީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން، އެކަން ހިނގާފައިވާ ގޮތް ބަލައި، ޢުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިނިސްޓްރީގެ ފަރާތުން ދަނީ މަސައްކަތްކުރަމުން ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތާއި ޢުމްރާވެރިން މި އަހަރު ރަމަޟާން ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން، އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނަސީމް މުޙައްމަދު ވަނީ މިނިސްޓްރީއަށް ހާޟިރުކުރެވިފައި ކަމަށާއި، މި ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ކުންފުންޏަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާންމަހުގެ ފަހު 10 އަށް ޢުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް  މިނިސްޓްރީން ވާނީ އަންގާފައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޢުމްރާވެރިން ފުރުވާލުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައި ވާކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

މި މައްސަލާގައި، އެކުންފުނިން ޢަމަލުކުރަމުންދާގޮތް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުޞޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ކުންފުންޏަށް އަންގައިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރީ އިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ޚކ
ކޮމެންޓް ކުރާއިރު ރަނގަޅަށް ވާނުވާ ބެލުނ މުހިއްމު. ވިސާ ނުލިބިގެން ނުފުރުނީ. މިހާރު ވިސާގެ ހުރިހާ ކަމެއް ހަމަޖެހިފަ ވީ. ގިނަ ފަހަރަށް ބޭނުންވާ ތާރީހަށް ތިކެޓް ނުލިބޭ.
08 Apr 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.