ޓަލިސްކާ އަލް ނަސްރުގެ އެއްބަސްވުން އައުކުރުމަށްފަހު
ކުޅިވަރު
08 Apr 2023 | 05:02
ޓަލިސްކާ އަލް ނަސްރުގެ އެއްބަސްވުން އައުކޮށްފި!

އަލް ނަޞްރަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާގެ އެއްބަސްވުން އެ ކުލަބުން 2026 އަހަރާއި ހަމައަށް އައުކޮށްފި އެވެ.

2021 ވަނަ އަހަރު ޗައިނާގެ ގުއެންޒޯ ދޫކޮށް ޓަލިސްކާ އަލް ނަސްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ. އޭގެ ފަހުން މިއީ އަލް ނަޞްރުން ޓަލިސްކާގެ އެއްބަސްވުން އައުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ ޓަލިސްކާ އަލް ނަޞްރާއި އެކު ހެދިި އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެހެން ނަމަވެސް ޓަލިސްކާ އާއި އަލް ނަޞްރާއި ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު މިހާރު ވަނީ އައު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އަލް ނަޞްރާއި އެކު ޓަލިސްކާ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޓަލިސްކާ ބުނީ، އަލް ނަޞްރު މިހާރު އޮތީ ކޯޗާއި އޭނާގެ އެހެނިހެން ސްޓާފުންނާއެކު ދާން ބޭނުންވާ އަމާޒަށް މިސްރާބު ހިފާފައި ކަމަށެވެ. އޭނާ ބުނީ މިހާރު ލިބިފައިވާ ފުރުސަތަކީ ވަރަށް ޚާއްސަ ކަންތައްތަކެއް ހާސިލްކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ.

ރޮނާލްޑޯ އާއި އެކު އެއްޓީމަކަށް ކުޅެލަން ފުރުސަތު ލިބުމަކިީ ފަހުރުވެރިވާ ކަމެއްކަމަށާއި، ކުލަބުގައި މަޑުކުރުމަށް ރޮނާލްޑޯ ލަފާދިން ކަމަށްވެސް ޓަލިސްކާ ބުންޏެވެ.

ޓަލިސްކާގެ އެއްބަސްވުން އައުކުރުމާއި ގުޅިގެން ވާހަކަ ދައްކަމުން އަލް ނަޞްރުގެ ކޯޗު ރުޑީ ގާސިއާ ބުނީ، ޓަލިސްކާގެ އެއްބަސްވުން އައު ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ޓަލިސްކާ ވަނީ މި ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ވެސް ޖަހައިފައެވެ. މީގެ އިތުރުން ގާސިއާ ވަނީ ޓަލިސްކާއަށް ވަރަށްބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވައެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް އަލް ނަޞްރަށް ކުޅެދިން 51 މެޗުގައި 39 ލަނޑު އެޓީމަށް ޖަހައިފަ އެވެ. އަލް ނަޞްރަށް ބަދަލުވި ފަހުން ޓަލިސްކާ އަންނަނީ އެ ޓީމުގެ ފޯވަޑް ލައިނުގައި މުހިންމު ދަައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.