ފްރޭންކް ލަމްޕާޑް
ކުޅިވަރު
08 Apr 2023 | 21:23
ލަމްޕާޑް ޗެލްސީއާ ދެވަނަ ފަހަރަށް ހަވާލުވެ، އެޓީމުން ކުޅުނު ފުރަތަަމަ މެޗުގައި ވުލްވްސް އަތުން ބަލިވެއްޖެ!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.

މިރޭގެ މެޗަކީ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ޓީމާއި ހަވާލުވި ފަހުން އެޓީމު ކުޅުނު ފުރަތަަމަ މެޗެވެ. ކުރީގެ ކޯޗު ގްރަހަމް ޕޮޓާ މަގާމުން ވަކިކުރި ފަހުން ޗެލްސީ ކުޅުނު ތިން މެޗުގައި އެޓީމަށް މޮޅެއް ހޯދިފައިނުވައިރު، މިސީޒަނުގައި ޕްރެމިއާ ލީގުގެ ގަދަ 10 ގައި އެޓީމު ހިމެނިދާނެކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދެންފަށާފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޗެލްސީ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މިހާފުގައި ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ވުލްވްސް އިންނެވެ. މި ގޮތުން ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ނުނޭޒް އެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިިން ލިބުނު ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަަނަ ހާފްގައި ޗެލްސީގެ ކުޅުން ފުރަތަމަ ހާފަށްވުރެ ދަށްކޮށް ފެނިގެންދިޔަ އިރު މިހާފުގައި ލަމްޕާޑް ގެނައި ބަދަލުތަކުގެ ސަބަބުން އެޓީމުގެ ކުޅުމަށް އެއްވެސް ވަރެއްގެ ބަދަލެއް އައިތަން ނުފެނެއެވެ. ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔަ އިރު ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު ވެސް ފެނުނީ އެހެން މެޗުތަކާއި އަޅާބަލާއިރު ވަރަށް ދަށްކޮށެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވުލްވްސް އިން ވަނީ 30 މެޗު ކުޅެގެން 31 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. މި މެޗުން ބަލިވި ޗެލްސީ އަށް 30 މެޗު ކުޅެގެން ލިބިފައިވަނީ 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.