ގެއިން ނެރެލި އަންހެން މީހާ އާއި ކުދިން މަގުމަތީގައި/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
09 Apr 2023 | 22:04
ެގެއިން ނެރެލި އަންހެން މީހާއާއި ދެކުދިންގެ ހާލު މިދަނީ ގާތުން ބަލަމުން: ޖެންޑާ

ގެއިން ނެރެލި އަންހެން މީހާއާއި ދެކުދިންގެ ހާލު ގާތުން ބަލަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. 

ހިފައިގެންގުޅޭ ހުރިހާ ސާމާނާއެކު އަންހެނަކު ގެއިން ނެރެލުމާއި ގުޅިގެން އެމީހާ ކުދިންނާއެކު އެތަނުން ބައެއް ސާމާނު ނަގަމުންދާތަން ފެނިގެންދާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ގެއިން ނެރެލާފައިވަނީ ކުރީގެ ފިރިމީހާއެވެ. ވަރި ކުރި ނަމަވެސް ވަންނާނެ އިތުރު ބޯހިޔާވަހިކަމެއް ނެތުމާއި ގުޅިގެން އެ އަންހެން މީހާ ކުރީގެ ފިރިމީހާ ދެއްކި ތަނެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެމީހާގެ ފުށުން ބޮޑެތި އަނިޔާތަކެއް ލިބެމުން ދިޔަކަން ވަނީ ހާމަވެގެން ގޮސްފައެވެ. 

އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެން އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މީޑިއާތަކުން ވަނީ ގެނެސްފައެވެ. އެވަރުގެ ހާދިސާއެއް ހިނގައިގެން ދިޔައިރު ޖެންޑާ މިނިސްޓްރީން އެޅީ ކޮން ފިޔަވަޅެއްތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. 

އެކަމާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އަންހެނަކު އޭނާގެ ދެކުދިންނާއެކު ދިރިއުޅެމުންދިޔަ ގެއިން ނެރުނު މައްސަލައެއް އެ މިނިސްޓްރީއަށް ހުށައެޅިފައިވާ ކަމަށެވެ. 

އެ މައްސަލަ ހުށައެޅުމާއި ގުޅިގެން އެ އަންހެން މީހާ މިހާރު ދިރިއުޅެމުންދާތަން ބަލާ މައިންނާއި ދަރިންގެ ހާލު ބަލާފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީން ބުނީ އެ އަންހެންމީހާއާއި ދަރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. 

"އަންހެނަކު އޭނާގެ ދެ ކުދިންނާއި އެކު އެމީހުން ދިރިއުޅެމުންދިޔަ ގެއިން ނެރުމާއި ގުޅޭ މައްސަލައެއްމިމިސްޓްރީއަށް ހުށަހެޅުމާއި ގުޅިގެން އެ ފަރާތް މިހާރު ދިރިއުޅެމުންދާ ތަނަށް ގޮސް ވަނީ މިފަރާތުގެ ހާލަތު ބަލާ އެފާރާތުން ބޭނުންވާ އެހީތެރިކަ ން ފޯރުކޮށްދީފައި"

ޖެންޑާ މިނިސްޓްރީ

އޭގެ އިތުރުން ޖެންޑާއިން ބުނީ ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މިނިސްޓްރީއިން ވަނީ މަގުފަހިކޮށްދީފައި ވާނެ ކަމަށެވެ. އަދި އެ މީހާއަށް އެކިފަހަރު މަތިން ޤާނޫނީ ހައްޤު ހޯދާދިނުމަށްވެސް މަސައްކަތްކަތް ކުރެވިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.