އާސެނަލްގެ ސަކާ އަދި ޖީސަސް
ކުޅިވަރު
09 Apr 2023 | 23:22
ލީޑު ފުޅާކުރަން އާސެނަލްއަށް ލިބުނު ފުރުސަތަށް ލިވަޕޫލުން ހުރަސްއަޅައިފި!

އިގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއް ނެގުމަށް އާސެނަލް ކުރި މަސައްކަތައް ލިވަޕޫލުން ހުރަސް އަޅައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލް އިން ދެލަނޑުގެ ލީޑެއްގައި ވަނިކޮށް ލިވަޕޫލުން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލް އިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލްއެވެ. އަދި އެޓީމުގެ ދެވަަނަ ލަނޑު 28 ވަނަ މިނެޓުގައި މާޓިނެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އެވެ.

އާސެނަލް އިން ދެލަނޑުގެ ލީޑެއްގައި ވަނިކޮށް ލިވަޕޫލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފްގައި ލިވަޕޫލްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުސަތެއްލިބިފައެވެ. އާސެނަލްގެ ޕެނަލްޓީއޭރިއާގެ ތެރެއިިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް މުހައްމަދު ސަލާހް ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ލިވަޕޫލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ދެވަަނަ ހާފުގެ 87 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު 30 މެޗު ކުޅެގެން އާސެނަލްއަށް ވަނީ 73 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ 29 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. އަދި މިރޭ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 29 މެޗު ކުޅެގެން ލިވަޕޫލަށް ލިބިފައިވަނީ 44 ޕޮއިންޓާއެކު ތާވަލްގެ 8 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.