މުބާރާތުގެ ޗެމްޕިއަން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ކުޅިވަރު
09 Apr 2023 | 23:59
ހޯދަނޑު ބަލިކޮށް ބާބާ ގާޑިޔާ ރޯދަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަނޑިމަގު ހޯދައިފި!

ކިންގްސްޕޯޓްސް ބާާބާ ގާޑިޔާ ރޯދަފުޓްސެލް 1444 މުބާރާތް ޗެމްޕިއަންކަން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ. 

ދަނޑިމަގު މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ހޯދަނޑު ސްޕޯޓްސް ކުލަބާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި ދަނޑިމަގު ޓީމަށް ލީޑު ހޯދައިދިނީ އަހުމަދު ހަމީދެވެ. އަދި އެޓީމުގެ ދެވަަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަހުމަދު ސިނާހް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަނޑިމަގު ޓީމުގެ އަހުމަދު ހަމީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު ސިނާހް (ދަނޑިމަގު ސްޕޯޓްސް ކްލަބް), އިނާން އަހުމަދު (ހޯދަނޑު ސްޕޯޓްސް ކްލަބް), އަލީ ޝާމިސް (ކިއްލާ ސްޕޯޓްސް ކްލަބް), މުހައްމަދު އިމްރާން (ހޯދަނޑު ސްޕޯޓްސް ކްލަބް)، އިތުރުން މުހައްމަދު ސާދު ނިޒާރު (ދަނޑިމަގު ސްޕޯޓްސް ކްލަބް) އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ދަނޑިމަގު ސްޕޯޓްސް ކްލަބުގެ އަހުމަދު ސިނާހް އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 7 ލަނޑު ކާމިޔާބުކޮށްފައެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބުނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގޯލްކީޕަރު އަބްދުﷲ ސުމައިދު ސޯލިހު އަށެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ކިއްލާ ސްޕޯޓްސް ކްލަބުގެ އަބްދުﷲ ރަޝީދު އެވެ. އަދި ފެއާޕްލޭ ޓީމަކީ އެފްސީ ދަނޑިމަގު އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އަލީ ޝަރީފަށެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޓީމު އެއްވަނައިގެ ގޯލްކީޕަރު މުހައްމަދު ރައްޔާނު ސައީދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަހުމަދު ސިނާހް އެވެ.

ކިންގްސްޕޯޓްސް ބާާބާ ގާޑިޔާ ރޯދަފުޓްސެލް 1444 މުބާރާތަކީ ފުވައްމުލަކުގެ މަޝްހޫރު "ބާބާ ގާޑިޔާގެ" ފަރާތުން އިސްނަގައިގެން ފުވައްމުލައްސިޓީގައި ފުޓްސެލް ކުރިއަރުވާ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި މިރޯދަމަހު ބާއްވަންފެއްޓި މުބާރާތެކެވެ.

މި މުބާރާތާއި ބެހޭގޮތުން ވޮއިސް އެމްވީ އަށް މައުލޫމާތު ދެއްވަމުން ހަސަން އަތީގް (ބާބާ) ބުނީ މުބާރާތް މިހާ ކާމިޔާބު ކަމާއެކީ ކުރިއަށް ގެންގޮސް މިނިންމާލެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

މިހާ ކާމިޔާބުކަމާއެކުމު މުބާރާތް ކުރިއަށް ގެންދެވުނީ މުބާރާތުގެ މެއިން ސްޕޮންސަރ ކިންގްސްޕޯޓްސް އެމް.ވީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ލިބިގެންނެވެ. އަދި ކޯ ސްޕޮންސަރުގެ ގޮތުގައި އެމް.އެމް ސްެކެއަރ، އޮކާޒް ، ޕެބްލްސް ރެސްޓޯރެންޓް ، ރިޓޯ ސޮލިއުޝަން ، ސިބްކޯ މޯލްޑިވްސް ، ކޭ.އެސް އެކުއޭރިއަމް ، އަޓަރަޒިސް ގްރޭންޑް އެންޑް ސްޕަރ ، ދޮންބޭޒް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ފަރުދާގެ ފުރަގަހުގައި ތިބި ހީވާގި އޯގަނައިޒިން ޓިމާއި ރެފްރީކަން ކޮށްދެއްވި ބޭފުޅުންނާއި މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެޑިކަލް ޕާރޓްނަރ ފާރޫޫކް ހެލްތްކެއަރ އާއި ފުވައްމުލައްސިޓީ މޭޔަރ އަލްފާޟިލް އިސްމާޢީލް ރަފީޤު އާއި ސިޓީކައުންސިލްގެ ވެރިންނާއި ޓީމްތަކުގެ ސަޕޯރޓަރުން އަދި ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެއްބާރުލުން ނުލިބުނު ނަމަ މުބާރާތް މިހާ ކާމިޔާބު ކަމާއެކީ ނިންމާނުލެވުނީހެވެ.  

އެހެންކަމުން މުބާރާތުގެ މެއިން ސްޕޮންސަރ ކިންގް ސްޕޯރޓްސް އެމް.ވީ އާއި ކޯ ސްޕޮންސަރުން އަދި އޯގަނައިޒިން ޓީމް އަދި ރެފްރީންނާއި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހަސަން އަތީގް (ބާބާ) ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި 8 ޓީމު ބައިވެރިވިއިރު، ބާބާ ބުނީ އަންނަ އަހަރު ވެސް މި މުބާރާތް ބާއްވަން ނިންމާފައި ވާކަމަށާއި އުންމީދުކުރަނީ އަންނަ އަހަރުގެ މުބާރާތުގައި ރަށުން ބޭރުގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތައް މިއައްވުރެ ފުރިހަމަކޮށް މުބާރާތް ބޭއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ