އަލް ނަސްރު އާއި އަލް ފީހާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
10 Apr 2023 | 04:12
އަލް ނަސްރު އެއްވަރުވެ، އަލް އިއްތިހާދަށް ތިން ޕޮއިންޓްގެ ލީޑެއް!

ސައޫދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް ނަސްރު އެއްވަރު ވުމުގެ ފައިދާނަގައި އަލް އިއްތިހާދުން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިރޭ ރަށުން ބޭރުގައި އަލް ނަސްރު އާއި އަލް ފީހާ ވާދަކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އަދި ރަށުން ބޭރުގައި އަލް އިއްތިހާދު ވަނީ 2-1 ނަތީޖާއަކުން އަލް ވަހްދާ އަތުން މޮޅުވެފައެވެ.

މިރޭ އަލް ނަސްރު އާއި އަލް ފީހާ ވާދަކުރި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި ވެސް އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ ދެ ފޯވާޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޓަލިސްކާއަށް އަލް ފީހާގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިހާފުގައި އެޓީމުން 10 ހަމަލާއެއް އުފެއްދި އިރު އޭގެތެރެއިން އަލް ފީހާގެ ގޯލަށް އަމާޒުކޮށްލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.

އަލް އިއްތިހާދު އާއި އަލް ވަހްދާ ވާދަކުރި މެޗުގެ ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ މޮރޮކޯގެ ފޯވާޑް ޢަބްދުއްރަޒަކް ޙަމްދުالله އެވެ. އަދި އޭގެ 10 މިނެޓު ފަހުން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ބުރޫނޯ ހެންރީކޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވަހްދާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރާންސް ފޯވާޑް ޑޭވިޑް ބިއުގުއެލް އެވެ. މިއީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އަބުދުލް ކަރީމް ޔޯދާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު މޮޅުވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 23 މެޗުން އަލް އިއްތިހާދަށް 56 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 23 މެޗުން އަލް ނަސްރަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. އަލް ފީހާއަށް 22 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ  11 ވަނައިގައެވެ. އަދި އަލް އިއްތިހާދު އަތުން ބަލިވި އަލް ވަހްދާ 23 މެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ 22 ޕޮއިންޓާއެކު ތާވަލްގެ 13 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.