ފެނަކަ ގޯތި ތެރޭގައި މުޒާހަރާ ކުރަނީ/ފޮޓޯ: ދިޔަރެސް
ހަބަރު
10 Apr 2023 | 12:48
ސަޕްލަޔަރުންނަށް ފައިސާނުދޭތީ ފެނަކަ ކައިރީގައި މުޒާހަރާ ކުރަނީ

ފެނަކައިގެ ސަޕްލަޔަރުންނަށް ފައިސާ ނުދޭތީ، އެ ސަޕްލަޔަރުން ފެނަކަ އޮފީސް ކައިރީ މުޒާހަރާ ކުރަން ފަށައިފިއެވެ.

ފެނަކައިގެ އެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭ ސަޕަލަޔަރުން މާފަންނުގައި ހުންނަ ފެނަކަ އޮފިހުގެ ގޯތިތެރޭގައި އެމީހުންގެ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ވަނީ މުޒާހަރާކުރަން ފަށައިފައެވެ.

އެއް ޕޯސްޓަރެއްގައި ބުނެފައިވަނީ އެ މީހުންކުރި މަސައްކަތުގެ އަގަށްވާ 9،450،897ރ ނުދީ ލަސްވާތާ 7 މަސް ދުވަސް ވެއްޖެ ކަމަށެވެ. 

ފެނަކައިން، އެކުންފުންޏަށް އެކި އެކި މަސައްކަތް ކޮށްދީ، ތަކެތި ސަޕްލައި ކޮށްދޭ ފަރާތްތަކަށް ފައިސާ ނުދީގެން އެކަމުގެ ޝަކުވާ މީގެ ކުރިންވެސް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ހަމަ މިއާއި އެކު ދާދި ފަހުން އެސްޓީއޯގެ އެމްޑީ ކަމުން ވަކިކުރެވުނު އަމްރުވެސް ވަނީ ފެނަކައިގެން ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައި ވާކަން ފާހަގަ ކޮށްފައެވެ. 

ހަމަމިޔާއިއެކު ތެޔޮ ގަތުމަށްފަހު ފެނަކައިން އެސްޓީއޯ އަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް މީޑިއާ އަށް ވަނީ އެނގިފައެވެ.

ފެނަކައިން އެތައް ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، މިހާތަނަށް އެ ކުންފުނިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި މިއަދު ކުރަމުންދާ މުޒާހަރާ އާއި ގުޅިގެންވެސް އެއްވެސް އެއްޗެެއް ރަސްމީ ހައިސިއްޔަތަކުން ފެނަކައިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ޖޯޖް
ފެނަކައިގެ ކޮންމެ މަސައްކަތަކުން އެބަ ކަޓްނަގާ. ކަސްޓަމްސް ކްލިއަރ ކުރުމަށް 20 ފޫޓް ކޮންޓެއިނަރ އަކަށް 5000ރުފިޔާ ބިލް ހަދާފަ މަޖޫރީންނަށްދެނީ އެންމެ 1500 ރުފިޔާ. ބާކީ ބައި މަސައްކަތް ދިނީމަ ކަޓަށް.
10 Apr 2023
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ