ފޮޓޯ-- ބީއެމްއެލް
ހަބަރު
10 Apr 2023 | 14:19
ޕީއެސްއެމްގެ ނަމުގައި ކޯލްތަކެއް، 75,000 ރުފިޔާ ގެއްލުނު ކަމުގެ ޝަކުވާ!

މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި އެއަށްފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ. 

މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ބޭންކަށް ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. މި ގޮތުން މިދިޔަ 5 ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާ، އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށެވެ. 

އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށްވެސް ދަންނަވަން." މުހައްމަދު ސައީދު ވިދާޅުވިއެވެ. 

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހެޅިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. 

ކޮމެންޓް
އަޙްމަދު
ޗޑސ ގޮތަށް ޕީއެސްެއެމް ގަވެސް ވަގަކަށް ވަޒީފާ ދެވިފަ އޮވެދާނެ
10 Apr 2023
ގުޅޭ ލިޔުންތައް
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.