ރައީސް ޞާލިހު ގުޅިއަށް ވަޑައިގަތުން/
ހަބަރު
10 Apr 2023 | 22:05
ގުޅިން ރައީސް ޞާލިހަށް ހޫނު މަރުޙަބާއެއް!

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒުގެ ކެމްޕޭނަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކ. ގުޅިއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. 

ރައީސް ޞާލިހު ގުޅިއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގައެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ތިބި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. 

ރައީސް ޞާލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ކެންޑިޑޭޓު ޝާޒުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ގުޅިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިއަދު އެމަނިކުފާނު ވަނީ އެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ބައި-އިލެކްޝަނާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސް ޞާލިހުގެ އިސްތިގުބާލުގައި ތިބި ގުޅީގެ ރައްޔިތުން 

މި އިންތިޚާބުގައި ސަރުކާރަށް ވާގިވެރިވާނެ އަދި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކެންޑިޑޭޓަކަށް ވޯޓިދެއްވުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފަ އެވެ. 

ދާއިރާގެ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ސަރުކާރާއި ގުޅޭ ކެންޑިޑޭޓެއް ހޮވައިގެންކަނަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ. 

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މި މަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރުމަށް ވަނީ ނިންމާފައެވެ. 

މި އިންތިޚާބަކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ބާއްވާ އިންތިޚާބެއް ކަމަށް ވެފައި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ވާދަކުރާއިރު، މި އިންތިޚާބުގެ ކެމްޕޭނު ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އަދި މިއީ ރިޔާސީ އިންތިޚާބުގެ ކުރިން ސިޔާސީ ޕާޓީތަކަށް އޮތް ޓާއީދު ވަޒަންކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތައް ގެންދަވަނީ ސިފަ ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ