މާޒިޔާގެ ހަމްޒާ ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ
ކުޅިވަރު
11 Apr 2023 | 02:27
ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަަމަ މެޗު މާޒިޔާ އިން ކާމިޔާބުކޮށްފި!

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޓީސީގެ ފަރާތުން ރަގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ފުރަތަަމަ ހާފުގެ 44 ވަނަ މިނެޓުގައި އިބްރާހީމް އައިސަމް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ހަމްޒާ މުހައްމަދު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މާޒިޔާގެ ދެވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް އައިސަމް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ޓީސީގެ އަހުމަދު މާއިޝް ރަޝީދު ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މާއިޝް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ކުރިން ލައިންސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގާފައެވެ. މިއާއެކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިހާފުގައި މާޒިޔާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ހަމްޒާ އަށެވެ. ދެވަަނަ ހާފުގެ 66 ވަނަ މިނެޓުގައި ޓީސީގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ހަމްޒާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުންވެސް މެޗުގެ ފަހުވަގުތު މާޒިޔާގެ ލީޑު ފުޅާކުރުމަށް ރަގަޅު ހުސް ފުރުސަތެއް ލިބި ހަމްޒާއަށް ވަނީ ބޭނުންކުރެވޭ ގޮތްނުވެފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިން ޓީމު ހިމެނޭ ގްރޫޕް އެކެއްގެ އެއްވަނައިގައި މިވަގުތު އޮތީ މާޒިޔާއެވެ. މި ގުރޫޕްގައި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ޓީސީ ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ.

މި އަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ބައިވެރިވި 6 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އިރު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނައަށް ދާ ދެ ޓީމެވެ.

މުބާރާތުގައި ފަސްކުރަން ޖެހުނު އީގަލްސް އާއި ވެލެންސިއާގެ މެޗު މާދަމާރޭ ކުޅޭ ގޮތަށް ކުރިން ނިންމި ނަމަވެސް މިހާރު އެ މެޗު ފަހުގެ ތާރީހަކަށް ރީ ޝެޑިއުލްކޮށްފައިވާއިރު، މުބާރާތުގެ މެޗެއް ދެން އޮންނަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ. އެމެޗުގައި ބައްދަލުކުރާނީ ކުލަބް ވެލެންސިއާ އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.